ކ. މާލެ
|
27 އޮކްޓޯބަރ 2021 | ބުދަ 22:23
އައްޑޫ ސިޓީންވެސް ވަނީ ކޮވިޑްގެ ކޭސްތަކެއް ރިޕޯޓްކޮށްފައި
އައްޑޫ ސިޓީންވެސް ވަނީ ކޮވިޑްގެ ކޭސްތަކެއް ރިޕޯޓްކޮށްފައި
އެޑިޝަން.އެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އަތޮޅުތެރެއިން 137 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 27 މީހުން
ރިސޯޓުތަކުން 9 މީހުން ޕޮޒިޓިވްވެފައިވޭ

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 173 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަންގާރަ ދުވަހުގެ ހަވީރު 6:00ން ފެށިގެން ބުދަ ދުވަހުގެ ހަވީރު 6:00އަށް ރާއްޖެއިން 3،685 މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވާއިރު, އޭގެ ތެރެއިން 173 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެއީ މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވި 27 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 137 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 9 މީހުންނެވެ.

އިތުރު 173 މީހުން ބައްޔަށް ޕޮޒިޓިވްވުމާއެކު، ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 87،359ށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 1،651 ކޭސް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރެއިން 26 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. ރާއްޖެއިން މި ބަލީގައި 242 މީހުން ނިޔާވެފައިވާއިރު، 85،453 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ރާއްޖެއިން ފެންނަ ކޭސްތައް އެއްވަރެއްގައި ހިފެހެއްޓިފައި އޮތުމަށްފަހު އަނެއްކާވެސް މިވަނީ ކޭސްތައް މައްޗަށް ދާން ފަށާފައެވެ. މިގޮތުން މިމަހުގެ 23 ވަނަ ދުވަހު މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 225 އަށް އަރާފައެވެ.


Advertisement
- ކޮމެންޓް