ކ. މާލެ
|
27 އޮކްޓޯބަރ 2021 | ބުދަ 13:27
ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުންދިން މަރްޔަމް މުނާ އެ ކޮމިޝަންގެ މެމްބަރުކަމާ ހަވާލުވެވަޑައިގަތުމުގެ ތެރެއިން
ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުންދިން މަރްޔަމް މުނާ އެ ކޮމިޝަންގެ މެމްބަރުކަމާ ހަވާލުވެވަޑައިގަތުމުގެ ތެރެއިން
ރައީސް އޮފީސް
އެޗްއާރްސީއެމްގެ ރައީސާއި ނައިބު ރައީސް
އެޗްއާރްސީއެމްގެ ރައީސް ކަމަށް މުނާ އަދި ނައިބަކަށް އަދުހަމް އައްޔަން ކުރުމަށް ރުހުން ދީފި
 
އަދުހަމް އެޗްއާރުސީއެމްގެ މެމްބަރަކަމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު
 
މުނާ އެ ކޮމިޝަނަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ 2020 އަހަރުގެ ނޮވެމްބަރު މަހު

އެޗްއާރްސީއެމްގެ ރައީސް ކަމަށް މަރިޔަމް މުނާ އަދި ނާއިބުރައީސް ކަމަށް ޑރ. އަހުމަދު އަދުހަމް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފިއެވެ.

މުނާ ރައީސް ކަމަށް އައްޔަން ކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެމްބަރުންގެ އިއްތިފާގުންނެވެ. ނާއިބުރައީސް ކަމަށް އަދުހަމް އައްޔަން ކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުންގެ އިއްތިފާގުންނެވެ.  

އެޗްއާރުސީއެމްގެ ރައީސްކަމަށް އައްޔަންކުރުމަށް ބުދަ ދުވަހު ރުހުން ދިން، މުނާ އެ ކޮމިޝަނަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ 2020 އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މުނާ ވަނީ 2012 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން 2014 ވަނަ އަހަރުގެ އޯގަސްޓް 26 އާ ހަމައަށް ޕޮލިސް އިންޓްގްރިޓީ ކޮމިޝަންގެ ޑިރެކްޓަރ އޮޕަރޭޝަންސްގެ މަޤާމު އަދާކުރައްވާފައެވެ. އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަން ވެސް އޭނާ އަދާކުރައްވާފައިވެއެވެ. އަދި މުނާ ވަނީ އޮސްޓްރޭލިއާގެ އެޑިތު ކޮވާން ޔުނިވަރސިޓީގެ މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައެވެ. މީގެ އިތުރުން މުނާ ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ޑިޕްލޮމާ އިން މެނޭޖްމެންޓް ވެސް ހާސިލް ކުރައްވާފައެވެ. 

ކޮމިޝަންގެ ނާއިބުރައީސްކަމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުންދިން އަދުހަމް އެޗްއާރުސީއެމްގެ މެމްބަރަކަމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ޑރ. އަޙްމަދު އަދުހަމް ޢަބްދުﷲ، ޑޮކްޓަރޭޓް އޮފް ފިލޯސޮފީ އިން ލޯ، ފުރިހަމަކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގް އިންނެވެ. އެ މަނިކުފާނު ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯގެ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވާފައެވެ. މީގެ އިތުރުން އެ މަނިކުފާނަކީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް