Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2021 | ބުދަ 10:03
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރައްޔިތުންގެ މަޖިލިސް
ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުން
ސިޔާސީ ޕާޓީތަކާ ބައްދަލުކުރީ ގާނޫނުއަސާސީއަށް ބަދަލު ގެނައުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް - ނަޝީދު
ގާނޫނުއަސާސީއަށް އަމަލު ކުރަމުންދާތާ 14 އަހަރު ފާއިތުވަމުންދާއިރު، ސިޔާސީ މަސްރަހުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިކަން ސާފު
ސިޔާސީ ޕާޓީތައް ގުޅިގެން ކުރެވޭ މަސައްކަތަކީ، ރައްޔިތުންނަށް އެކަމުން މަންފާ ކުރާނެ ކަމެއް

ސިޔާސީ ޕާޓީތަކާ ބައްދަލުކުރީ ގާނޫނުއަސާސީއަށް ބަދަލު ގެނައުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް މަސައްކަތް ފަށާއިރު، ސިޔާސީ ޕާޓީތައް ގުޅިގެން ކުރެވޭ މަސައްކަތަކީ، ރައްޔިތުންނަށް އެކަމުން މަންފާ ކުރާނެ ކަމެއް ކަމަށެވެ. އެ ގޮތަށް މަސައްކަތް ކުރެވިއްޖެނަމަ ރައްޔިތުންނަށް އޭގެއިން ހެޔޮ ނަތީޖާއެއް ފެންނާނެ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

ރައީސް ނަޝީދު ވިދާޅުވީ، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ބަދަލު ގެނައުމަށް ހުށަހެޅިފައިވާ ކަމަށާއި، ލޯކަލް ކައުންސިލްތަކުގެ ދައުރު 5 އަހަރަށް ބަދަލު ކުރުންފަދަ މުހިއްމު ބަދަލުތައް ގާނޫނުއަސާސީއަށް މިހާރުވެސް ގެނެވިފައިވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީއަށް އަމަލު ކުރަމުންދާތާ 14 އަހަރު ފާއިތުވަމުންދާއިރު، ސިޔާސީ މަސްރަހުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިކަން ސާފުވާކަމަށެވެ. މިކަންކަމާއެކު ކުރިއަށްދެވޭނީ ސިޔާސީ ގޮތުން ހައްލުތަކެއް ހޯދައިގެން ކަމަށާއި އެކަން ކުރެވޭނީ ޤާނޫނު އަސާސީއަށް އިސްލާހު ގެނެސް، އެންމެން އެދޭ ހައްލެއް ލިބިގެންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުވަނީ ރައީސުލްޖުމްހޫރިއްޔާއާ ވެސް ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ވެސް ރައީސް ނަޝީދު މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް އަދި އެމްއެންޕީގެ ލީޑަރޝިޕާ ވެސް އެމަނިކުފާނުވަނީ ބައްދަލުކުރައްވާފައެވެ.

Advertisement

Advertisement
- ކޮމެންޓް