ކ. މާލެ
|
26 އޮކްޓޯބަރ 2021 | އަންގާރަ 22:38
ކޮވިޑް ވެކްސިން
ކޮވިޑް ވެކްސިން
ރޮއިޓަރސް
ކޮވިޑް-19، ވެކްސިން އަޕްޑޭޓް
އިތުރު 491 މީހުން ވެކްސިން ފުރިހަމަކޮށްފި
ރާއްޖޭގައި މިވަގުތު ވެކްސިން ފުރިހަމަނުކުރާ 38,926 މީހުން އެބަތިބި
އަންގާރަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 77 މީހުން

އިތުރު 491 މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އަންގާރަ ދުވަހު 77 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 66 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 11 މީހުންނެވެ. އެއާއިއެކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 394،176ށް އަރާފައެވެ.

މީގެ އިތުރުން އަންގާރަ ދުވަހު 491 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒު ޖަހައި ވެކްސިން ފުރިހަމަ ކޮށްފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒު ޖެހި 289 މީހުންނާއި އަތޮޅު ތެރެއިން ވެކްސިންގެ ދެވަނަ ޑޯޒު ޖެހި 202 މީހުންނެވެ. އެއާއިއެކު ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 355،250ށް އަރާފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭގޮތުގައި ރާއްޖޭގައި މިވަގުތު ވެކްސިން ފުރިހަމަނުކުރާ 38,926 މީހުން އެބަތިއްބެވެ. ރާއްޖޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ބަލި އެރުން މަދުކުރުމަށް ވީހާވެސް ގިނަ ބަޔަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ސަރުކާރުން ގެންދަނީ ބާރުއަޅަމުންނެވެ.

- ކޮމެންޓް