ކ. މާލެ
|
26 އޮކްޓޯބަރ 2021 | އަންގާރަ 22:33
މާލޭގެ މަގުމަތި، ކޮވިޑަށް މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައި
މާލޭގެ މަގުމަތި، ކޮވިޑަށް މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައި
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އަންގާރަ ދުވަހު އަތޮޅުތެރެއިން 85 މީހުން ޕޮޒިޓިވްވި
އަންގާރަ ދުވަހު 115 މީހުން ވަނީ ޕޮޒިޓިވްވެފައި
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 22 މީހުން

އަންގާރަ ދުވަހު އަތޮޅުތެރެއިން ޕޮޒިޓިވްވީ 85 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހުގެ ހަވީރު 6:00ން ފެށިގެން އަންގާރަ ދުވަހުގެ ހަވީރު 6:00އާ ހަމައަށް ރާއްޖެއިން 3،541 މީހުން ބައްޔަށް ޓެސްޓު ކޮށްފައިވާއިރު, އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 115 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 22 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 85 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 8 މީހުންނެވެ.

އިތުރު 115 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 87،186ށް އަރާފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި 1،553 ކޭސް ރިޕޯޓްކޮށްފައިވާއިރު, އޭގެ ތެރެއިން 20 މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މިބަލީގައި 242 މީހުން ނިޔާވެފައިވާއިރު، 85،378 މީހުން ބަލިން ފަސޭހަވެފައިވެއެވެ.

ރާއްޖެއިން ފެންނަ ކޭސްތައް އެއްވަރެއްގައި ހިފެހެއްޓިފައި އޮތުމަށްފަހު އަނެއްކާވެސް މިވަނީ ކޭސްތައް މައްޗަށް ދާން ފަށާފައެވެ. މިގޮތުން މިމަހުގެ 23 ވަނަ ދުވަހު މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 225 އަށް އަރާފައެވެ.


Advertisement
- ކޮމެންޓް