ކ. މާލެ
|
26 އޮކްޓޯބަރ 2021 | އަންގާރަ 10:08
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެތްތައް
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެތްތައް
އަމްނާ އިމާދު
ހިޔާ ފްލެޓް
ހިޔާ ފްލެޓް އެޅުމުގައި މަކަރާއި ހީލަތް އެކުލެވޭތީ ޖިނާއީ ތަހުގީގެއް ހިންގުމަށް ގޮވާލައި މައްސަލައެއް ހުށަހަޅައިފި
 
މަގާމުގެ ނުފޫޒު ބޭނުންކުރުން ފަދަ ޖަރީމާތައް ހިންގާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވޭ
 
އަގު ކަނޑައަޅާފައިވާ ގޮތުން ރައްޔިތުންގެ ހިތުގައި ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެދިފައިވޭ
 
މައްސަލަ ބަލައިގަތީ 32 މެމްބަރުންގެ އިއްތިފާގުން

ހިޔާ ފްލެޓް އެޅުމުގައި މަކަރާއި ހީލަތް އެކުލެވޭތީ އެކަމުގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙު ހުށަހެޅުއްވި މި މައްސަލަ ބަލައިގަތީ 32 މެމްބަރުންގެ އިއްތިފާގުންނެވެ.

ފަލާހު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ރައްޔިތުންނަށް ފަސޭހައިން އަގުހެޔޮކޮށް ބޯހިޔާވިކަން ފޯރުކޮށްދިނުމުގެ ނަމުގައި ހިންގާފައިވާ މަޝްރޫއުގައި ރައްޔިތުންނަށް ފައިދާވާން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލުކުރުމުން ރައްޔިތުންނަށް އެކަމުގައ ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށެވެ.

މަޝްރޫއު ހިންގުމުގައި މަކަރާއި ހީލަތާއި، ކޮރަޕްޝަން އެކުލެވިގެންވާ ކަމަށާއި، ރައްޔިތުން ދިރިއުޅުމަށް އިމާރާތްކުރާ ތަނެއްގައި ފުރިހަމަވާން ޖެހޭ އަސާސީ ކަންކަން ފުރިހަމަކޮށްފައިނުވާ ކަމަށެވެ. އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ކަންކަން ހަމަޖައްސައި ދިނުމުގެ ބަދަލުގައި، ގަސްދުގައި ހިންގާފައިވާ ކަންކަމުގެ ސަބަބުން ރައްޔިތުންނާއި، ދިވެހި ދައުލަތަށް ނުހަނު ބޮޑެތި ގެއްލުން ލިބޭނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ. އަދި މަޝްރޫޢު ހިންގާފައިވާ ގޮތާއި، އަގު ކަނޑައަޅާފައިވާ ގޮތުން ރައްޔިތުންގެ ހިތުގައި ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެދިފައިވާކަމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ.

އެ މަޝްރޫއުގެ ކަންކަން ހިނގާފައިވާ ގޮތް ހައުސިންގ މިނިސްޓްރީން ދިރާސާކުރުމަށްފަހު، ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމުގެ ގޮތުން މަސައްކަތް ކޮށްފައިވެއެވެ. އެހެންނަމަވެސް އެކިފަހަރު މަތިން އެއީ ސައްޚަ މައުލޫމާތެއް ނޫންކަން ދެއްކުމަށް މަސައްކަތްކޮށް ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފައްދައި ހަގީގަތް ފޮރުވަން ބަޔަކު މަސައްކަތްކޮށް، ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފައްދާފައިވާކަމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ.

އެހެންކަމުން ހިޔާ މަޝްރޫއުގެ ކަންކަން ހިނގާފައިވާގޮތް ދެނެގަނެ، މަޝްރޫޢުގެ ޖުމްލަ އަގު ދެނެގަތުމަށް ޚާއްސަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، އޮޑިޓް ރިޕޯޓުން މިހުރިހާ ކަމެއް ސާފުވާ ކަމަށެވެ. ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި މަކަރާއި ހީލަތާއި، ކޮރަޕްޝަނާއި، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި، މަގާމުގެ ނުފޫޒު ބޭނުން ކުރުން ފަދަ ޖަރީމާތައް ހިންގާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވާން އޮތް ކަމަށް ވެސް ފަލާހު ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން މިކަމުގައި ޖިނާއީ ތަހުގީގެއް ހިންގައި، މިކަމުގައި އިސްކޮށް ތިބި މީހުންގެ މައްސަލަތައް ބެލުމަށްވަނީ ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް