ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 04:28
އިންގްލޭންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ވޭން ރޫނީ
އިންގްލޭންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ވޭން ރޫނީ
ގޫގުލް
އިންގްލޭންޑް
ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް
ރޫނީ އަކީ މިހާތަނަށް އިންގްލޭންޑްގެ ގައުމީ ޓީމަށް އެންެމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ
ރޫނީ ވަނީ ގައުމީ ޓީމަށް ކުޅެން ފައްޓާފައި ވަނީ 2003 ވަނަ އަހަރު

އިންގްލޭންޑްގެ ގައުމީ ޓީމުން ކުރިއަށް ހުރި މެޗުތަކަށް ނަގާ ސްކޮޑުގައި ރޫނީ ނުހިމެނޭނެ ކަމަށް ސްކައި ސްޕޯޓްސް އިން ބުނެފި އެވެ. 

ސްކައި ސްޕޯޓްސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިންގްލޭންޑްގެ ގައުމީ ޓީމުގެ ކޯޗް ގެރެތް ސައުތް ގޭޓް ވަނީ، ގައުމީ ޓީމުން ކުރިއަށް ހުރި މެޗުތަކަށް ނަގާނެ ނުރަސްމީ ސްކޮޑެއް އެކުލަވާލާފައެވެ. އަންނަ މަހުގެ 10 ވަނަ ދުވަހު ވޯލްޑްކަޕް ކޮލިފައިންގައި ސްކޮޓްލޭންޑާއި ދެކޮޅަށް އަދި އޭގެ 3 ދުވަސް ފަހުން ފްރާންސްއާ  ދެކޮޅާށް އެކުވެރިކަމުގެ މެޗަކަށް އިންގްލޭންޑުން ނިކުންނާނެ އެވެ.

މި މެޗުތަކަށް ރަސްމީ ސްކޮޑް ބުރާސްފަތި ދުވަހު އިއުލާން ކުރާނެ އެވެ. ނަމަވެސް މި ސްކޮޑުގައި، ބެލެވޭ ގޮތުގައި ރޫނީ ނުހިމެނޭނެކަމަށް ސްކައި ސްޕޯޓްސްއިން ބުނެ އެވެ. ފާއިތުވި މަހުގައި އިންގްލޭންޑްގެ ކޯޗް ސައުތް ގޭޓް ނެގި 26 ކުޅުންތެރިންގެ ސްކޮޑުގައިވެސް ރޫނީ ހިމެނިފައެއް ނުވެއެވެ.

އިންގްލޭންޑްގެ ކެޕްޓަން ރޫނީ އަކީ މިހާތަނަށް ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. ނަމަވެސް މި ސީޒަނުގައި އޭނާ ކުޅޭ ކްލަބު، މެންޗެސްޓާ ޔުނައިޓޭޑުގެ ގިނަ މެޗުތަކުން އޭނާއަށް ޖާގަ ލިބިފައެއް ނުވެއެވެ. މި ސީޒަނަށް ފަހުގައި ޓީމު ދޫކޮށްލާނެ ކަމުގެ ޚަބަރުތަކެއްވެސް ވަނީ ފެތުރިފައެވެ. ނަމަވެސް މީގެ ކުރިން ރޫނީ ވަނީ ކުލަބުގައި އޭނާ މަޑުކުރަން ބޭނުންވާ ކަމަށްވެސް ބުނެފައެވެ.

ރޫނީ އިންގްލޭންޑްގެ ގައުމީ ޓީމަށް އެންމެ ފުރަތަނަ ކުޅެފައިވަނީ 2003 ވަނަ އަހަރު އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅުނު މެޗެއްގައެވެ. މިހާތަނަށް އޭނާވަނީ ގައުމީ ޓީމަށް 119 މެޗް ކުޅެދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް