ކ. މާލެ
|
24 އޮކްޓޯބަރ 2021 | އާދީއްތަ 23:46
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިން އަޕްޑޭޓް
ހޮނިހިރު ދުވަހު ވެކްސިން ފުރިހަމަކުރީ 592 މީހުން
ހޮނިހިރު ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 95 މީހުން
ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 354،364ށް އަރާފައި

ހޮނިހިރު ދުވަހު ވެކްސިން ފުރިހަމަކުރީ 592 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒު 95 މީހުން ވަނީ ޖަހައިފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި 28 މީހުންނާއި އަތޮޅުތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި 67 މީހުންނެވެ. އެއާއިއެކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 394،049 ށް އަރާފައެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހު ވެކްސިންގެ ދެވަނަ ޑޯޒު 592 މީހުން ވަނީ ޖަހައިފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒު ޖެހި 155 މީހުންނާއި، އަތޮޅުތެރެއިން ވެކްސިންގެ ދެވަނަ ޑޯޒު ޖެހި 437 މީހުންނެވެ. އެއާއިއެކު ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 354،364ށް އަރާފައެވެ.

ރަށްރަށުގައި ތިބި، ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ މީހުން އެރަށެއްގެ ހެލްތު ސެންޓަރ ނުވަތަ ހޮސްޕިޓަލް މެދުވެރިކޮށް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ފުރިހަމަވާ މީހުންނަށް މި މަހުގެ 3ން ފެށިގެން ފައިޒަރ ވެކްސިން ޖަހައިދެމުންދާއިރު، މާލެ ސަރަހައްދުގައި އޭޑީކޭ ހޮސްޕިޓަލްގައި ހެނދުނު 9:00ން މެންދުރުފަހު 2:00ށް، ހުޅުމާލެ ހޮސްޕިޓަލްގައި ހެނދުނު 9:00ން މެންދުރުފަހު 2:00ށް އަދި ވިލިމާލެ ހޮސްޕިޓަލްގައި 10:00ން 12:00ށް ވެކްސިން ޖަހައިދެމުންދާނެ ކަމަށެވެ. އަދި ރަށްރަށުގައި ތިބި ޝަރުތު ހަމަވާ މީހުން އެރަށެއްގެ ހެލްތް ސެންޓަރ ނުވަތަ ހޮސްޕިޓަލް މެދުވެރިކޮށް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

- ކޮމެންޓް