ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 00:29
ޔުވަންޓަސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މެސީ
ޔުވަންޓަސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މެސީ
ރޮއިޓަރސް
މެސީގެ ހުކުމް
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
އަހަރެންގެ މައްޗަށް ކޮށްފައިވަނީ ދޮގު ތުހުމަތު: މެސީ
މެސީ ވަނީ 21 މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި

ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ޓެކްސް އަށް މަކަރު ހެދިކަމަށް ބުނާ މައްސަލައަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

މިދިޔަ އަހަރު މެސީ އަށް ސްޕެއިންގެ ކޯޓަކުން ވަނީ 21 މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. އެހެން ނަމަވެސް އެ މައްސަލަ މެސީގެ ފަރާތުން އިސްތިއުނާފްކުރުމުން ހައިކޯޓުން ވަނީ އެ މައްސަލައަށް ނިމުނު ގޮތަށް ތާއީދުކޮށްފައެވެ.

މެސީގެ މައްޗަށް ސާބިތުވެފައިވަނީ 4.1 މިލިއަން ޔޫރޯގެ ޓެކްސް ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށެވެ. މީގެއިތުރުން މެސީގެ ބައްޕަ ޖޯޖް މެސީއަށްވެސް ވަނީ 21 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހެންނަމަވެސް 2007 ވަނަ އަހަރު، 2008 ވަނަ އަހަރު އަދި 2009 ވަނަ އަހަރު ޓެކްސް އަށް މަކަރު ހެދި ކަމަށް ބުނާ މި މައްސަލައިގައި މެސީ އަދި ޖޯޖް އަށް ޖަލު ހުކުމް އިއްވުމުގެ އިތުރުން ޖޫރިމައިނާވެސް ވަނީކޮށްފައެވެ. އެގޮތުން މެސީ ދެ މިލިއަން ޔޫރޯ އިން ޖޫރިމައިނާ ކުރިއިރު، ޖޯޖް ވަނީ 1.7 މިލިއަން ޔޫރޯއިން ޖޫރިމައިނާކޮށްފައެވެ.

ޖޯޖްގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އެ އަދަބަށް ހައިކޯޓުން ވަނީ ލުއިގޮތްތަކެއް ހަދައިދީފައެވެ. އެގޮތުން މެސީ އަދި ޖޯޖްގެ ޖަލު ހުކުމް 15 މަސްދުވަހަށް ކުޑަކޮށްދީފައިވާއިރު، އޭނާގެ ޖޫރިމައިނާ 1.3 މިލިއަން ޔޫރޯ އަށް ވަނީ ކުޑަކޮށްދީފައެވެ.

މެސީގެ މައްޗަށް ސާބިތުވެފައިވާ މައްސަލައާ ގުޅިގެން އޭނާ ބުނެފައިވަނީ ބޮލުގައި އަޅުވާފައިވަނީ ހުސް ދޮގު ތުހުމަތުތަކެއް ކަމަށާއި، އޭގެއިން އެއްވެސް ވާހަކައަކީ ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށެވެ. އެގޮތުން މެސީ ބުނެފައިވަނީ އޭނާ ހަމައެކަނި ކުރަން ބޭނުންވާ ކަމަކީ ފުޓުބޯޅަ ކުޅުން ކަމަށެވެ.

- ކޮމެންޓް