ކ. މާލެ
|
24 މެއި 2017 | ބުދަ 23:42
މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ހަތެއްގެ ޗެމްޕިއަންކަން ނެގި ތިނަދޫ ޓީމު
މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ހަތެއްގެ ޗެމްޕިއަންކަން ނެގި ތިނަދޫ ޓީމު
އެފްއޭއެމް
މިނިވަން ޗެމްޕިއަންޝިޕް
މިނިވަން ޗެމްޕިއަންޝިޕް: ނިލަންދޫ ބަލިކޮށް ތިނަދޫ އިން ޒޯން ހަތެއްގެ ޗެމްޕިއަންކަން ހޯދައިފި
ނިލަންދޫއާ ވާދަކޮށް ތިނަދޫ އިން މެޗު ކާމިޔާބުކުރީ 0-2 ގ ެނަތިޖާއަކުން

މިނިވަން ޗެމްޕިއަންޝިޕްގައި ގއ.ނިލަންދޫ ބަލިކޮށް ގދ.ތިނަދޫ އިން ޒޯން ހަތެއްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

 

ބުދަ ދުވަހު ހަވީރު ކުޅުނު މި މެޗު ނިލަންދޫއާ ވާދަކޮށް ތިނަދޫ އިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

 

ގއ.ނިލަންދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖަހަން ރަނގަޅު ފުރުސަތުތައް ދެޓީމަށްވެސް ވަނީ ލިބިފައެވެ.

 

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެފައެވެ.

 

އެހެންނަމަވެސް ދެވަނަ ހާފް ފެށިގެން ނިލަންދޫ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ލަނަޑު ޖަހަން ހުސް ފުރުސަތުތައް ތަނަވަސްކޮށްފައެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މި ލަނޑު 61 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޗަންނަ އެވެ.

 

އޭގެ ހަތަރު މިނެޓު ފަހުން އިބްރާހިމް ޝަރޫގް ވަނީ ތިނަދޫ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ތިން މިނެޓު ފަހުން ޝަރޫގް ވަނީ ތިނަދޫ އަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ.

 

މި ލަނޑަށްފަހު ތިނަދޫގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖަހަން ހުސް ފުރުސަތުތަކެއް އެޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ. މީގެއިތުރުން ނިލަންދޫއަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

 

 

- ކޮމެންޓް