ކ. މާލެ
|
23 އޮކްޓޯބަރ 2021 | ހޮނިހިރު 17:26
ހާބަރު ފުޑް ކޯޓްތައް
ހާބަރު ފުޑް ކޯޓްތައް
ރާއްޖެއެމްވީ
މާރާމާރީއެއް ހިންގުން
ސިޓީ ޓޭސްޓްގައި ހިންގި މަރާމާރީއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން
 
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން
 
ހަމަލާ ދިނީ ބިލް ދައްކަން ބުނުމުން
 
ދެ މުވައްޒަފުންނަށް ވަރަށް ބޮޑަށް އަނިޔާވެފައިވޭ

ހާބަރު ފުޑް ކޯޓުގައި ހުންނަ "ސިޓީ ޓޭސްޓް" ކެފޭގައި ހިންގި މަރާމާރީއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ; ކެފޭގައި ހިންގި މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި، މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

މިމާރާމާރީގައި ކެފޭގައި މަސައްކަތް ކުރަމުން އައި ބޭރުގެ ދެ މުވައްޒަފުންނަށް ވަރަށް ބޮޑަށް އަނިޔާވެ, ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

މިމަހުގެ 22 ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 3:15 ސިޓީ ޓޭސްޓް ކެފޭގައި މާރާމާރީއެއް ހިންގާފައިވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި މިމާރާމާރީ ހިންގާފައިވަނީ ކެފޭގައި ކާން ތިބި ޒުވާނުންތަކެއް, ކެއުމަށްފަހު ބިލް ނުދައްކައި ދާން އުޅުމުގެ ތެރޭގައެވެ. އެމީހުން ވަނީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ހަމަލާދީފައެވެ. ޕޭމަންޓުގައި ހުރި ގައުތައް އުކާފައިވާއިރު، ގޮނޑިތަކާއި މޭޒުތައް ވެސް އުކާފައިވެއެވެ. އަދި ބޮޑެތި ގެއްލުންތަކެއް ކެފޭއަށް ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.

24 ގަޑިއިރު ޚިދުމަތް ދޭ ސިޓީ ޓޭސްޓް ކެފޭއަށް ހަމަނުޖެހުން ހިންގި މީހުން ގޮސް ޚިދުމަތް ހޯދާ ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހަކު ހައްޔަރުކޮށްފި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި