ކ. މާލެ
|
22 އޮކްޓޯބަރ 2021 | ހުކުރު 13:10
މަހްމޫދު މަރާލުމަށްފަހު ވައްޓާލާފައި އޮތް ވަޅު
މަހްމޫދު މަރާލުމަށްފަހު ވައްޓާލާފައި އޮތް ވަޅު
ސޯޝަލް މީޑިއާ
މަހުމޫދުގެ މަރު
''މަންމައަށް އަބަދުވެސް ހީވަނީ ބައްޕަ ފެންނަހެން''
 
އާއިލާއިން ދެކޭ ގޮތުގައި މަހުމޫދު މަރާލާފައިވަނީ ގުރޫޕަކުން
 
އާމްދަނީ ހޯދުމަށްޓަކައި ކުރަމުން އައި ހުރިހާ މަސައްކަތެއް ކުރަމުން އައީ އެކުއެކީގައި
 
ދެމަފިރިންނަށް ޖުމްލަ ފަސް ކުދިން ލިބިފައިވޭ

އެއީ ނުހަނު ލޯބިން އުޅުނު ދެމަފިރިންނެވެ. ހުރިހާ ކަމެއްގައި ދެމަފިރިން ހިއްސާވެ، އެކުގައި މަސައްކަތް ކުރިއެވެ. އާއިލާގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައިރު އެ ދެމަފިރިން އައީ އެގުޅުމުން ވެސް އެހެން މީހުންނަށް ނަމޫނާ ދައްކަމުންނެވެ. ރަށުގެ ގިނަ ރައްޔިތުންގެ ލޯތްބާއި، އިހުތިރާމް ލިބިފައިވެއެވެ. ނަމަވެސް މި އުފާވެރި ދިރިއުޅުން ބަނަވެގެން ދިޔައީ މިމަހުގެ 14 ވީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ފިރިމީހާ މަރާލި ޚަބަރު ލިބުމުންނެވެ. ގެއްލިގެން ހޯދަމުން ދަނިކޮށް ލޯބިވާ ފިރިމީހާ މަހުމޫދު އަބޫބަކުރުގެ ފެނުނީ ފުރާނެ ނެތް މަސްގަނޑެވެ. އެތައް އަނިޔާއެއްކޮށް މަރާލުމަށްފަހު ވަނީ ވަޅަކަށް ލާފައެވެ.

މި އަނިޔާވެރި މަރަށް ހަފްތާއެއް ވެފައިވާއިރު އޭނާގެ އަންހެނުން މުއުމިނާ އުމަރުގެ ހާލު ދެރައެވެ. މި ދެމަފިރިންނަށް ޖުމްލަ ފަސް ކުދިން ވަނީ ލިބިފައެވެ.

''މަންމަ ވަރަށް ހިތްވަރު ކުރޭ، އެކަމަކު ބުނާނެ ބައްޕަ ފެންނަނީ އޭ''މަހުމޫދުގެ އަންހެން ދަރިއަކާ ކައިވެނިކޮށްގެން އުޅޭ އަހުމަދު އިމާދު ބުންޏެވެ. މަހްމޫދް އަކީ މަންމައަށް ވަރަށް ހެޔޮ މީހެކެވެ. މަންމަގެ ހުރިހާ ކަމެއް ބަލަހައްޓަމުން އައި އޯގާތެރި ފިރިއެކެވެ. އޭނާ ކިޔައިދިން ގޮތުގައި ބައްޕަ ދުނިޔެއާ ވަކިވުމުގެ ކުރިން ދިޔައީ މަންމަ ގޮވައިގެން ބޭސް ފަރުވާއަށް އިންޑިއާއަށް ފުރުމަށް ތައްޔާރުވަމުންނެވެ. މަންމައަކީ ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާ މީހަކަށްވުމުންނެވެ. ނަމަވެސް ދަތުރު ލަސްކޮށްލާފައިވަނީ އިންޑިއާއަށް ވިސާއާ ނުލާ ދެވޭ ގޮތަށް ހުޅުވާލުމާއެކު އެދުވަސްވަރު ފުރުމަށް ކަމަށް އިމާދު ބުންޏެވެ.

އެދަމަފިރިން އާމްދަނީ ހޯދުމަށްޓަކައި ކުރަމުން އައި ހުރިހާ މަސައްކަތެއް ކުރަމުން އައީ އެކުއެކީގައެވެ. މަހުމޫދަކީ "މޮނަލާޒް" ރެސްޓޯރެންޓެއްގެ ވެރިމިހާއަށްވާއިރު، އެތަނަށް ބޭނުންވާ ދަނޑުގެ ބާވަތްތައް ހޯދުމަށް ދެމަފިރިން އެކުގައި ދަނޑުތައް ވެސް ހެއްދިއެވެ. އެއާއިލާއިން ދެކޭ ގޮތުގައި މައިންބަފައިންގެ އެ ވިޔަފާރި އެހައި ބޮޑަށް ކުރިއަރާފައި ވަނީ މަންމައާއި ބައްޕަ އެކުގައި ކުރި މަސައްކަތުންނެވެ.

މިއަދު ވެސް މަންމަ ދިޔަ ދަނޑު ހައްދާފަ އޮތް ތަނަށް. ގޮސްފަ ދެން ބައްޕަ މަތިން ހަނދާން ވެގެން އެ އައީ ގެއަށް. މިހާރު އެއްވެސް މީހަކާ ވާހަކައެއް ނުދައްކާ
އަހުމަދު އިމާދު

މަހްމޫދު ކަންކަމުގައި ކުދިންނަށް ދޭ މަޝްވަރާއަކީ އެކުދިންގެ ދިރިއުޅުމުގެ ކާމިޔާބީ ކަމަށް އެ ކުދިން ބުނެއެވެ.

އެންމެނާ ގުޅިގެން އުޅޭ މަހުމޫދުގެ މަރާއެކު މުޅި އާއިލާއަށް ވަނީ ވަރަށް ބޮޑު ސިހުމެއް ލިބިފައެވެ. ގެއަށް ވެރިވެފައިވަނީ ފަޅު ކަމެކެވެ. ކުރިމަތިވެފައިވަނީ ބޮޑު ހިތާމައެކެވެ. ވަށައިގެން ވަނީ ބައްޕަގެ ހަނދާންތަކެވެ.

ކާފަ ދަރިން ގޮވައިގެން އެތައް ވަގުތެއް މަހުމޫދު އަބަދުވެސް ހޭދަކުރެއެވެ. އެކުދިންގެ ލޮލުގައި ވެސް މިއަދު ވަނީ ކާފަ ނެތުމުން އެކަމުގެ ހިތާމައެވެ. އެކަމުގެ ކަރުނައެވެ. މިއަދު އެކުދިންނަށް މެޓާ ދީ، ކުޅެ އުޅޭނެ ކާފައެއް ނެތެއެވެ.

އާއިލާއިން ދެކޭ ގޮތުގައި މަހުމޫދު މަރާލާފައިވަނީ ގުރޫޕަކުންނެވެ. މަހުމޫދު މަރާލި މައްސަލައިގެ ތުހުމަތުގައި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ސާލިމް މިމަހުގެ 16 ވީ ހޮނިހިރު ދުވަހު ހައްޔަރުކުރި ނަމަވެސް އޭނާ އެކަނި މި އަނިޔާވެރި އަމަލު ނުހިންގޭނެ ކަމަށް އާއިލާއިން ބުނެއެވެ. ސާލިމް އަކީ މަޑުމައިތިރި، ނަމާދު ކުރާ ރަނގަޅު މީހެއް ކަމަށާއި، އެފަދަ ކަމެއް ކުރާނެ ކަމަށް ގަބޫލުކުރަން ދަތިކަމަށް ވެސް އާއިލާއިން ބުނެއެވެ. ނަމަވެސް މިއަދު އެ އާއިލާއިން ބޭނުންވަނީ އިންސާފެވެ. މަރަށް މަރު ހިފާށެވެ. ގާތިލުން ހޯދާށެވެ. އެހެންކަމުން މިމަރުގެ ތަހުގީގަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް އާއިލާއިން ވަނީ އެދިފައެވެ.

ކޮންމެ ބަޔަކު މިކަން ކުރިޔަސް މި އަމަލުގައި އަނިޔާވެރިކަން އިންތިހާއެވެ. ގެއްލުވާލީ އެންމެ ފުރާނައެއް ނަމަވެސް، އެއީ އެތައް ބައެއްގެ ފުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
5%
4%
86%
2%
2%
1%
ކޮމެންޓް
22 އޮކްޓޯބަރ 2021 | ހުކުރު 13:29
ޢަދަނުބެ ޢަދަނުބެ
މި ނޫންތޯ ހަރުކަށި އަމަލަކީ އުފާވެރި ދިރިއުމެތް އުޅެނުން އައި އާއިލާއެތް ފުން ހިތާމަޔަށް ވަޢްޓާލީ މި ގައުމުގަ މީހަކު މަރާލުމަކީ ފެންތަށްޓެއް ބޯލާފަ ނޭވާއެތްލުންހާ ފަސޭހަ ކަމަކަށްހަދައިފި ކުށްވެރިންނަށް ހައްގުއަދަބުނުލިބެ ކުށްކުރާމީހުންނަށް ޔަގީންކަންބޮޑުވެ އަދަބު ނުލިބޭނެކަން އަދި މި ގައުކުގަ އިންސާފު ނުލިބޭނެކަން އެނގޭ ކީއްކުރާނީ އިސްލާމްދީނުގެ ހުކުމްތަށް ބޮލާލާ ޖެހުމުގެ ހިތި ނަތީޖާ ފެނިގެން މިދަނީ