ކ. މާލެ
|
22 އޮކްޓޯބަރ 2021 | ހުކުރު 09:50
ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ތެރެއިން
ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ތެރެއިން
ކަރެކްޝަންސް
ރިހެބިލިޓޭޝަން ޕްރޮގްރާމް
ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް އެކެއް 69 ގައިދީންއާއެކު ފަށައިފި
50 ފިރިހެން ގައިދީން ހިމެނޭ
އަންހެން ގައިދީންނަށް ޚާއްސަ ބެޗްގައި 19 ގައިދީން ހިމެނޭ
މި ފްރޭމްވަރކް އެކުލެވިގެންވަނީ 4 ފޭސްގެ މައްޗަށް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީން އިސްލާހުކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމައަށް ނެރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 ގެ ދެ ބެޗް މާފުށީ ޖަލުގައި ފަށައިފިއެވެ.

އެގޮތުން ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 1 ގެ 17 ވަނަ ބެޗްގައި 50 ފިރިހެން ގައިދީން ހިމެނޭއިރު، އަންހެން ގައިދީންނަށް ޚާއްސަ ބެޗްގައި 19 ގައިދީން ވަނީ ބައިވެރިވެފައެވެ.

ކަރެކްޝަންސްއިން ރިހެބިލިޓޭޝަން ފްރޭމްވަރކް ތައާރަފްކުރުމުގެ މަޤްޞަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އެފަރާތްތަކަށް އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުމެވެ.

މި ފްރޭމްވަރކް އެކުލެވިގެންވަނީ 4 ފޭސްގެ މައްޗަށެވެ. އެއީ ގައިދީންގެ ކިބާގައި ''ޑިސިޕްލިން'' ބިނާކުރުމާއި އެމީހުންނަށް ''ސައިކޮލޮޖީ ޕްރޮގްރާމްތައް'' ހިންގުމާއި ''އެޑިއުކޭޝަން އަދި ވޮކޭޝަނަލް ދަސްކޮށްދިނުމުގެ އިތުރުން'' ޕްރިޒަން ކޮމިއުނިޓީ ސަރވިސް'' އެވެ.

- ކޮމެންޓް