ކ. މާލެ
|
20 އޮކްޓޯބަރ 2021 | ބުދަ 16:16
ކްލިނިކްގެ ކުރެހުމެއް
ކްލިނިކްގެ ކުރެހުމެއް
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ކްލިނިކެއް ހުޅުވުން
ހިޔާ ފްލެޓްތަކުގެ ސަރަހައްދުގައި ކްލިނިކެއް ހުޅުވަނީ!
 
ހިޔާ ފުލެޓުތަކުގައި ދިމާވަމުންދާ މައްސަލަތައް ހައްލު ކުރުމަށް އެޗްޑީސީގެ ފަރާތުން ދަނީ މަސައްކަތް ކުރަމުން
 
މި ކްލިނިކް 3 މަސް ދުވަހުގެ ތެރޭގައި ނިންމައި ޚިދުމަތް ދޭން ޖެހޭ

ހިޔާ ފްލެޓްތަކުގެ ސަރަހައްދުގައި ކްލިނިކެއް ހުޅުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ ހުޅުމާލެ ފޭސް 2 ގައި އިމަރާތް ކޮށްފައިވާ ހިޔާ ފުލެޓުތަކުގެ ސަރަހައްދުގައި މީހުން ދިރިއުޅެން ފަށައި ކުލި ނަގަން ފަށަންވާއިރަށް ކޮންމެހެން ބޭނުންވާނެ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ވަކިން ޚާއްސަ ކަމެއް ދެވިގެން ހިޔާ ކޮމާޝަލްގެ ގޮތުގައި ކަނޑައަޅާފައިވާ ޔުނިޓުތަކުގައި ޚިދުމަތްތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް އެސަރަހައްދުގައި ކްލިނިކެއް ހުޅުވުމަށް 19 އޮކްޓޯބަރު 2021 ގައި ޕައިތަން ޕްރައިވެޓް ލިމިޓަޑާއެކު އެއްބަސްވުމުގައި ސޮއިކޮށް، އެމަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ.

ލައިފް ސަޕޯޓް މެޑިކަލް ސެންޓަރގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ މި ކްލިނިކް 3 މަސް ދުވަހުގެ ތެރޭގައި ނިންމައި ޚިދުމަތް ދޭން ޖެހޭ ކަމަށް އެޗްޑީސީން ބުނެއެވެ. މީގެ އިތުރުން އިތުރު 2 ކްލިނިކެއް މި ސަރަހައްދުގައި ގާއިމުކުރެވިގެންދާނެ ކަަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ހިޔާ ފުލެޓުތަކުގައި ދިމާވަމުންދާ މައްސަލަތައް ހައްލު ކުރުމަށް އެޗްޑީސީގެ ފަރާތުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އެސަރަހައްދު ސާފުކޮށް ބޭއްވުމާއި ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާނެ ގިނަ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ސުޕަމާކެޓް ގްރޮސަރީ ސްޓޯރ ފަދަ ތަންތަން ކުރިއަށް އޮތް 3 މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް