ކ. މާލެ
|
20 އޮކްޓޯބަރ 2021 | ބުދަ 08:06
ހުޅުމާލެ
ހުޅުމާލެ
"ވިނަރެސް"ގެ އެޕްޓްމެންޓް ވިއްކުން
ސީލައިފަށް ފައިސާ ދެއްކި މީހުންނަށް "ވިނަރެސް" މަޝްރޫއުގެ ދަށުން އެޕާޓްމެންޓް ގަތުމުގެ ފުރުސަތު
 
ސީލައިފް މައްސަލައިގެ ޝަރީއަތްތައް އަދިވެސް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށް
 
މި ފުރުސަތު މިމަހުގެ 28 ގެ ނިޔަލަށް ވަނީ ހުޅުވާލާފައި
 
އެޗްޑީސީން އަނބުރާ އެ ފައިސާ ރައްދުކޮށްދީފައިވާ މީހުންނަށް މި އެޕާޓްމެންޓް ގަނެވޭނެ

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާދައްކާފައިވާ ފަރާތްތަކަށް "ވިނަރެސް" ހައުސިންގ މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ގަތުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ އެޕާޓްމަންޓް ގަތުމަށް ސީލައިފްއާއެކު އެއްބަސްވުން ހަދާފައިވާ "ސެޓްލްމަންޓް އެގްރީމެންޓްގެ" 4.3 ވަނަ މާއްދާގެ ދަށުން އެކުންފުންޏަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެތެރެއިން އެކޯޕަރޭޝަނަށް ލިޔުން ހުށަހަޅައި، އެ ކޯޕަރޭޝަންގެ ފަރާތުން އެފައިސާ ރީފަންޑު ކޮށްދީފައިވާ ފަރާތްތަކަށް، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ "ވިނަރެސް" ހައުސިންގ މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ގަތުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

އެހެންކަމުން، މި ފަރާތްތަކުގެ ތެރެއިން ވިނަރެސްއިން އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް 28 އޮކްޓޯބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:30ގެ ކުރިންhttps://bit.ly/2zjBbu ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

މި ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރާ ފަރާތްތަކަށް، ވިނަރެސްގެ މައުލޫމާތު ހިމެނޭ ލިޔެކިޔުންތައް އީމެއިލް ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އަދި، އެ ކޯޕަރޭޝަނުން ފައިސާ ރީފަންޑު ކޮށްދީފައިވާ ފަރާތްތަކުގެ އިތުރުން، އެހެންފަރާތްތަކުން ސީލައިފްގެ އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާނަމަ، ފައިސާދެއްކިކަން ސާބިތުކޮށްދޭ ލިޔުން [email protected] އަށް އީމެއިލް ކުރުމަށްފަހު ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިން ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށްފަހު، ރާއްޖެއިން ބޭރަށް ގޮސް ފިލި މައްސަލައިގައި ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި އަދިވެސް ކުރިއަށްދެއެވެ.

މި މައްސަލައިގައި އައްމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލާފައިވާއިރު، އޭނާ ގެންދަނީ މި ހުރިހާ ދައުވާއަކަށް ވެސް އިންކާރު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
އައްމަޓީ ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ނުކުރުމަށް ހައިކޯޓުން ނިންމުމުން ދައުލަތުން ސުޕްރީމް ކޯޓަށް
އައްމަޓީ ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމަށް ހައިކޯޓުން އަމުރެއް ނެރެފި
މައިބަދައިގެ އޮޕަރޭޝަނަކަށް އައްމަޓީއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދީފި
އައްމަޓީއަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލް
އައްމަޓީއަށް ކުރާ ދައުވާ: ހެއްކާ ގުޅޭގޮތުން އާ ކަމެއް ހުށަހަޅަން އޮތްނަަމަ، އެ ފުރުސަތު ދޭނެ