ކ. މާލެ
|
20 އޮކްޓޯބަރ 2021 | ބުދަ 07:34
ޔޭ
ޔޭ
ގެޓީ އިމޭޖަސް
ކަންޔޭގެ ނަން ބަދަލުކުރުން
ކަންޔޭ ވެސްޓުގެ ނަން ބަދަލުކޮށްފި
ނަން ބަދަލުކޮށްފައިވަނީ އަމިއްލަ ސަބަބުތަކާހުރެ ކަމަށް ވަނީ ބުނެފައި

އެމެރިކާގެ މަޝްހޫރު ރެޕް އާޓިސްޓު ކަންޔޭ އޮމާރީ ވެސްޓުގެ ނަން ބަދަލުކޮށްފިއެވެ.

ޓީއެމްޒީގައި ރިޕޯޓުކޮށްފައިވާގޮތުން މިދިޔަ އޮގަސްޓު މަހު ކަންޔޭ ވަނީ އޭނާގެ ނަން ބަދަލުކުރުމަށް ރަސްމީކޮށް ހުށަހަޅާފައެވެ.

އެގޮތުން އޮގަސްޓު 24 ވަނަ ދުވަހު އޭނާގެ ނަން ބަދަލުކޮށްފައިވަނީ "ޔޭ" އަށް ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފައިވެއެވެ. ނަން ބަދަލުކޮށްފައިވަނީ އަމިއްލަ ސަބަބުތަކާހުރެ ކަމަށް އޭނާ ބުނެފައިވެއެވެ.

ޔޭ އެންމެ ބޮޑަށް މަޝަހޫރުވެފައިވަނީ ރެޕް އާޓިސްޓެއްގެ ގޮތުގައެވެ. އޭގެއިތުރުން ވެސް އޭނާ އަކީ ލަވަކިޔުންތެރިއެއް، ލަވަހެދުންތެރިއެއް، ރެކޯޑު ޕްރޮޑިއުސަރެއްގެ އިތުރުން ވިޔަފާރިވެރިއެއް އަދި ފެޝަން ޑިޒައިނަރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް