Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2021 | އަންގާރަ 07:45
ސިނަމާލެ ބްރިޖް ސަރަހައްދު
ސިނަމާލެ ބްރިޖް ސަރަހައްދު
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ހޯމަ ދުވަހު މާލެ ސަރަހައްދުން ޕޮޒިޓިވްވީ އެންމެ 14 މީހުން
އަތޮޅުތެރެއިން ޕޮޒިޓިވްވީ 22 މީހުން
ރިސޯޓުތަކުން 9 މީހުން ވަނީ ޕޮޒިޓިވްވެފައި

ހޯމަ ދުވަހު ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވީ 46 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އާދީއްތަ ދުވަހު ހަވީރު 06:00 ން ފެށިގެން ހޯމަ ދުވަހުގެ ހަވީރު 06:00 އާ ހަމައަށް ރާއްޖެއިން 3،668 މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 46 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 14 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 22 މީހުންގެ އިތުރުން ސަފާރިއަކުން ޕޮޒިޓިވްވި މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 9 މީހުންނެވެ.

Advertisement

އިތުރު 46 މީހުން ބައްޔަށް ޕޮޒިޓިވްވުމާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 86،211 ށް އަރާފައެވެ. އަދި އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު 1،242 ކޭސް ރިޕޯޓްކޮށްފައިވާއިރު އޭގެ ތެރެއިން 13 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މި ބަލީގައި 238 މީހުން ނިޔާވެފައިވާއިރު، 84،718 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައެވެ. އެއާއެކު ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ވެސް ވަނީ ލުއިތައް ދީފައެވެ. ނަމަވެސް އަދިވެސް ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. އަދި ކޮވިޑުން ދިފާއުވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަށް އަންނަނީ އިލްތިމާސްކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް