ކ. މާލެ
|
24 މެއި 2017 | ބުދަ 16:43
ނާނިއާގެ ޕޯސްޓަރެއް
ނާނިއާގެ ޕޯސްޓަރެއް
ގޫގުލް
ނާނިއާ
"ނާނިއާ"ގެ ހަތަރު ވަނަ ފިލްމު އުފައްދަން ނިންމައިފިން: ޖޯއީ ޖޯންސަން
ނާނިއާގެ ހަތަރު ވަނަ ފިލްމުގެ ޝޫޓިން ފަށާނީ މިއަހަރުގެ ތެރޭގައި

ބޮޑު ތަރުހީބެއް ލިބިފައިވާ ފެންޓަސީ ފިލްމު ސީރީޒެއް ކަމަށްވާ "ދަ ކްރޮނިކަލް އޮފް ނާނިއާ"ހަތަރުވަނަ ފިލްމު އުފައްދަން ނިންމާފައިވާ ކަމަށް ޑައިރެކްޓަރު ޖޯއީ ޖޯންސްޓަން ބުނެފިއެވެ.

މިހާތަނަށް ނާނިއާގެ ވަނީ 3 ފިލްމު ނެރެފައެވެ. އެއީ ނާނިއާގެ ފުރަތަމަ ފިލްމު،" ދަ ލަޔަން، ދަ ވިޗް އެންޑް ދަ ވޯޑްރޯބް" (2005)، "ޕްރިންސް ކެސްޕިއަން" (2008) އަދި" ދަ ވޮޔޭޖް އޮފް ދަ ޑޯން ޓްރީޑާ" (2010) އެވެ.  މި ތިން ފިލްމަކީ 1.5 މިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފައެވެ.

މިހާރު ދަނީ މި ސީކުއެލްގެ ހަތަރު ވަނަ ފިލްމު ކަމަށްވާ "ނާނިއާ: ދަ ސިލްވާ ޗެއާ" ގެ މަސައްކަތް ކުރަމުންނެވެ. ޖޯއީ ބުނީ ފިލްމު ނާނިއާ އަކީ "ދަ ކްރޮނިކަލް އޮފް ނާނިއާ"ގެ ނަމުގައި ސީއެސް ލުވިސް ލިޔެފައިވާ ހަތް ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމު ސީރީޒް އެއް ކަމަށާއި ހަތަރުވަނަ ފިލްމާއެކީ ބާކީ ތިން ފިލްމުވެސް ހެދުމަށް ނިންމާފައިވާކަމަށެވެ.

ނާނިއާގެ ތިން ވަނަ ފިލްމު ކަމަށްވާ " ދަ ވޮޔޭޖް އޮފް ދަ ޑޯން ޓްރީޑާ" ނިކުތް ފަހުން މި ސީރީޒް އޮތީ ހުއްޓުމަކަށް އައިސްފައެވެ.

ނާނިއާގެ ފުރަތަމަ ނިކުތް ދެ ފިލްމު ކަމަށްވާ " ދަ ލަޔަން، ދަ ވިޗް އެންޑް ދަ ވޯޑްރޯބް" (2005)، "ޕްރިންސް ކެސްޕިއަން" (2008)  ޑައިރެކްޓް ކޮށްފައިވަނީ އެންޑްރިވް އެޑަމްސަންއެވެ. ތިންވަނަ ފިލްމު ޑައިރެކްޓް ކޮށްފައިވަނީ މައިކަލް އެޕްޓެޑްއެވެ. އަދި ނާނިއާގެ ހަތަރުވަނަ ފިލްމު ޑައިރެކްޓް ކުރާނީ ޖޯއީ ޖޯސަންއެވެ. ހަބަރުތައް ބުނާގޮތުގައި ނާނިއާގެ ދެން ބާކީ ހުރި ތިން ފިލްމުވެސް ޑައިރެކްޓް ކުރާނީ ޖޯއީއެވެ. އޭނާ ބުނީ ކުރިއަށް ހުރި ނާނިއާގެ ފިލްމުތަކުގައި އުޅޭނީ ކުރީގެ ފިލްމުތަކުގައި އުޅުނު ކެރެކްޓާތައް ނަމަވެސް، ފެންނާނީ އާ ކާސްޓުން ތަކެއް ކަމަށެވެ.

ނާނިއާގެ ހަތަރު ވަނަ ފިލްމުގެ ޝޫޓިން ފަށާނީ މިއަހަރުގެ ތެރޭގައެވެ. އެހެން ނަމަވެސް ދެން ހުރި ފިލްމުތަކުގެ ޝޫޓިން ފަށާނެ ދުވަހެއް ޖޯއި ބުނެފައެއް ނުވެއެވެ. 

- ކޮމެންޓް