ކ. މާލެ
|
24 މެއި 2017 | ބުދަ 16:09
އަބީޖީތު
އަބީޖީތު
ގޫގުލް
އަބީޖީތު
އަންހެނުންނާ ބެހޭގޮތުން ބޭއަދަބީ ވާހަކަ ޓްވީޓް ކުރުމުން އަބީޖީތުގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފި
 
އަބީޖީތު ވަނީ މީގެ ކުރިން ކުރި ޓްވީޓަކާއި ގުޅިގެން ހައްޔަރުކޮށްފައި

މަޝްހޫރު ލަވަކިޔުންތެރިޔާ އަބީޖީތު ބައްޓާޗަރްޔާގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފިއެވެ.

އޭނާގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކުރީ އަންހެނުންނާ ބެހޭގޮތުން ބޭއަދަބީ ވާހަކަތައް ޓްވީޓްކުރަން ފެށުމުންނެވެ.

އެ ޓްވީޓަކީ ޖޭއެންޔޫ ގެ ކުރީގެ ވައިސް ޕްރެޒިޑެންޓް ޝެހެލާ ރާޝިދު ބީޖޭޕީގެ ލީޑަރަކު އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ކުށުގައި ލިޔެފައިވާ ލިޔުކަމެއް ޓްވީޓްކުރުމުން  އަބީޖީތު ކުރި ޓްވީޓެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ހިންދުސްތާން ޓައިމްސްއިން ލިޔެފައިވާ ލިޔުމެއް އެޓޭޗް ކުރުމަށްފަހު ޝެހެލާ ކޮށްފައިވާ ޓްވީޓަށް އަބީޖީތު ވަނީ ރައްދުދީފައެވެ.

އޭނާ ވަނީ މީގެ ކުރިންވެސް އިންޑިއާގެ އަންހެން ނޫސްވެރިޔެއް ކަމަށްވާ ސްވާތީ ޗަތުވާޑީއާއި ޖިންސީ ފުރައްސާރަ ކުރި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައެވެ. ސްވާތީ ކުރި ޓްވީޓްކަމަށްވާ ޗެންނާއީގައި ސޮފްޓްވެއާ އިންޖިނިއަރަކު މަރާލި މައްސަލައިގައި އަބީޖީތު ބުނެފައިވަނީ  އެ ހަމަލާ އަކީ ޖިހާދުގެ އަމަލެއް ކަމަށެވެ .އަބީޖީތު އެފަހަރު ކުރި ޓްވީޓާއި ގުޅިގެން އޭނާ  ދައްކާފައި ވަނީ މުޖުތަމައުގައި ހަމަނުޖެހުން އުފެދޭ ފަދަ ވާހަކައެއް ކަމަށާއި އެކަމަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ސްވާތީ ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އަބީޖީތު ހައްޔަރު ކުރުމަށްފަހު ދޫކޮށްލީ އެކަހަލަ ކަމެއް ދެން ތަކުރާރު ނުވާނެ ކަމަށް ބުނުމުންނެވެ. ޕޮލިސް ސްޓޭޝަނުން ނުކުތް އިރު އަބީޖީތު ވަރަށް ބާރަށް ރޮމުން ދިޔަ ކަމަށް އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވެއެވެ. އަބީޖީތު ވަނީ މީގެ ކުރިންވެސް ބޭއަދަބީ ވާހަކަތައް ސޯޝަލް މީޑިއާގައި ދައްކާފައިވާ މީހެކެވެ. އަދި އޭނާއަށް ވަނީ އެ ވާހަކަތަކުގެ ސަބަބުން މީހުންގެ ނުރުހުމާއި ފާޑުކިޔުން ވަރަށްބޮޑަށް އަމާޒުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް