ކ. މާލެ
|
18 އޮކްޓޯބަރ 2021 | ހޯމަ 07:37
ހަވީރުގެ ވަގުތު ރަސްފަންނު ސަރަހައްދު
ހަވީރުގެ ވަގުތު ރަސްފަންނު ސަރަހައްދު
އަތޫފް އާތިފް
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އާދީއްތަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވީ 77 މީހުން
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 25 މީހުން
އަތޮޅުތެރެއިން 37 މީހުން ވަނީ ޕޮޒިޓިވްވެފައި

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 77 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހުގެ ހަވީރު 06:00 ން ފެށިގެން އާދީއްތަ ދުވަހުގެ ހަވީރު 06:00 އާ ހަމައަށް ރާއްޖެއިން 3،210 މީހުން ކޮވިޑަށް ޓެސްޓުކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން 77 މީހުން ޕޮޒިޓިވްވެފައިވާއިރު، އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 25 މީހުންނާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 37 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 9 މީހުންނާއި ސަފާރީން ޕޮޒިޓިވްވި 6 މީހުންނެވެ.

އިތުރު 77 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 86،165 ށް އަރާފައެވެ. އަދި އެކްޓިވް ކޭސްތަކުގެ ގޮތުގައި 1،287 ކޭސް ރިޕޯޓް ކޮށްފައިވާއިރު، އޭގެ ތެރެއިން 12 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މި ބަލީގައި 238 މީހުން ނިޔާވެފައިވާއިރު، 84،627 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައެވެ. އެއާއެކު ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ވެސް ވަނީ ލުއިތައް ދީފައެވެ. ނަމަވެސް އަދިވެސް ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. އަދި ކޮވިޑުން ދިފާއުވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަށް އަންނަނީ އިލްތިމާސްކުރަމުންނެވެ.


Advertisement
- ކޮމެންޓް