ކ. މާލެ
|
17 އޮކްޓޯބަރ 2021 | އާދީއްތަ 07:18
އޮސްޓްރޭލިއާގެ ޓްރޭޑް، ޓޫރިޒަމް އެންޑް އިންވެސްޓްމެންޓް މިނިސްޓަރ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި
އޮސްޓްރޭލިއާގެ ޓްރޭޑް، ޓޫރިޒަމް އެންޑް އިންވެސްޓްމެންޓް މިނިސްޓަރ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި
ފޮރިން މިނިސްޓްރީ
މިނިސްޓަރ ޑޭން ޓީހަން ރާއްޖެ ވަޑައިގަތުން
އޮސްޓްރޭލިއާގެ ޓްރޭޑް، ޓޫރިޒަމް އެންޑް އިންވެސްޓްމެންޓް މިނިސްޓަރ ރާއްޖެ ވަޑައިގެންފި
 
އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި
 
މިނިސްޓަރ ޓީހަން ވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޚަލީލާ ބައްދަލުކުރައްވާފައި

އޮސްޓްރޭލިއާގެ ޓްރޭޑް، ޓޫރިޒަމް އެންޑް އިންވެސްޓްމެންޓް މިނިސްޓަރ ޑޭން ޓީހަން ރާއްޖެ ވަޑައިގެންފިއެވެ.

އޮސްޓްރޭލިއާގެ ޓްރޭޑް، ޓޫރިޒަމް އެންޑް އިންވެސްޓްމެންޓް މިނިސްޓަރ ރާއްޖެ ވަޑައިގެންފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މިނިސްޓަރ ޓީހަން ރިސީވްކުރެއްވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލް އައިޝަތު ޝާން ޝާކިރާއި، ޖޮއިންޓް ސެކެޓްރީ ޝިއުނީނާ ރަޝީދެވެ.

ރާއްޖެ ވަޑައިގެން ހޮނިހިރު ދުވަހު މިނިސްޓަރ ޑޭން ޓީހަން ވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލާ ބައްދަލުކުރައްވާފައެވެ. ފޮރިން މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން އިޤްތިޞާދީ ގޮތުންނާއި، ވިޔަފާރީގެ ގޮތުން އަދި ތައުލީމާއި، ތިމާވެއްޓާއި، މޫސުމީ ބަދަލުތައް ފަދަ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ޚަލީލު ވަނީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ރާއްޖެއިން ކުރި މަސައްކަތަށް އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށްއޮތްތަނުގައި ވެސް ދެގައުމުން ގުޅިގެން މިފަދަ މަސައްކަތްތައް ކުރައްވާނެ ކަމުގެ ޔަގީންކަން ދެބޭފުޅުން ވެސް ވަނީ ދެއްވާފައެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީ ޝިއުނީން ރަޝީދާއި، އެސިސްޓެންޓް ޑައިރެކްޓަރ މުހައްމަދު ޝައްފައު އިބްރާހިމް އަދި ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ޑައިރެކްޓަރ އަޒްހާން މުހައްމަދު ހުސެއިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
17 އޮކްޓޯބަރ 2021 | އާދީއްތަ 10:49
ވިޔަފާރިއާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާ ވެސް
އިސްޓްރޭލިޔާގެ މިނިސްޓަރު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދެ ސްޓޭޓް މިނިސްޓަރުންނާ ވެސް ބައްދަލުކުރި، މި ހޮނިހިރު ދުވަހު. ކޮބާ އެވާހަކަ.