ކ. މާލެ
|
24 މެއި 2017 | ބުދަ 14:17
ހޮމްސްވެފައި ވަނީ ސީރިޔާ ހަނގުރާމައިގައި، ވަރުގަދަޔަށް ހަމަލާ ބަދަލު ކުރެވުނު ތަަނަކަށް
ހޮމްސްވެފައި ވަނީ ސީރިޔާ ހަނގުރާމައިގައި، ވަރުގަދަޔަށް ހަމަލާ ބަދަލު ކުރެވުނު ތަަނަކަށް
އޭޕީ
ސީރިޔާ ހަނގުރާމަ
ހޮމްސް ސިޓީގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި ހަތަރު މީހުން މަރުވެއްޖެ
ސީރިޔާ ސަރުކާރުން ދާދިފަހުން ބުނެފައި ވަނީ ހޮމްސް ސިޓީ މިހާރު ކޮންޓްރޯލް ކުރަމުން ދަނީ ސަރުކާރުން ކަމަށް

ސީރިޔާގެ ހޮމްސް ސިޓީގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި މަދުވެގެން ހަަތަރު މީހުން މަރުވެ އަދި 16 މީހުން ޒަޚަމްވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މޮނިޓަރިން ގްރޫޕެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އާ ހަވާލާދީ، އަލްޖަޒީރާގައި ކާރު ބޮމުގެ ހަމަލާއެއް ދިން ކަމަށް ރިޕޯޓު ކުރާ އިރު ، އިތުރަށް ބުނެފައި ވަނީ ވެރިރަށް ދިމިޝްގްގެ ރަށްބޭރުގައި ވެސް ބޮމެއް ގޮއްވާލާފައިވާ ކަމަށެވެ.

އަންގާރަ ދުވަހު ހޮމްސް ސިޓީގައި ދިން ބޮމުގެ ހަމަލާ ދިން ސަރަހައްދަކީ ސަރުކާރުގެ ކޮންޓްރޯލްގެ އަތް ދަށުގައި އޮތް ސަރަހައްދެކެވެ. 

ސީރިޔާގެ ދައުލަތުގެ މީޑިޔާ "އެސްއޭއެންއޭ" އިން ބުނެފައި ވަނީ ކާރު ބޮމުގެ ހަމަލާގައި މަރުވެފައި ވަނީ ހަތަރު މީހުން ކަމަށެވެ. އެހެން ނަމަވެސް ޒަޚަމްވި ކަަމަށް ބުނެފައިވާ މީހުންގެ އަދަދަކީ 30 އެވެ.

ދިމިޝްގްގެ ރަށްބޭރުގައި ދިން ހަމަލާ އާއި ގުޅޭގޮތުން، ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ، ބޮމެއް ގޮއްވާލާފައިވާ ކަމަށެވެ. އެހެން ނަަަމަވެސް އެއްވެސް ބަޔަަކު ޒަޚަމްވި ކަމެއް ނުވަތަ މަރުވި ކަމެއް ރިޕޯޓުކޮށްފައެއް ނުވެއެވެ. މި ހަމަލާ އާއި ގުޅޭގޮތުން ސީރިޔާގެ ދައުލަތުގެ މީޑިއާ އިން ބުނެފައި ވަނީ ދެ ފިދާއީން ގޮވައިގެން ދިޔަ ކާރެއް ޗެކް ޕޮއިންޓަކަށް ދެވުމުގެ ކުރިން ސީރިޔާ ފުލުހުން ހަލާކުކޮށްފައިވާ ކަމަށެވެ.

ސީރިޔާގައި ހިނގާ ދާހިލީ ހަނގުރާމައަށް ހައަހަރުވެފައިވާ އިރު އެތައް ހާސް ބަޔަކު ރެފިއުޖީން ނަށް ވަނީ ވެފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް