ކ. މާލެ
|
24 މެއި 2017 | ބުދަ 02:05
މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން
މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން
ރާއްޖެއެމްވީ
މީޑިއާ ކައުންސިލް
ކަންކަން ވާކަން ދައްކަން އުޅެންހަދައިގެން މީޑިއާ ކައުންސިލް ގޮވީ "އަތަށް"!
މީޑިއާ ކައުންސިލުން އެމައްސަލަތައް ނޫސްވެރިންނަށް ފޮނުވިއިރު، ޖަވާބުދާރީވާންވީ ކަންކަން ބަޔާންކޮށްފައެއް ވެސް ނުވޭ
ރައީސް އޮފީހުން ބުނީ މީޑީއާ ކައުންސިލަށް އެއްވެސް މައްސަލައެއް ހުށަހަޅާފައިނުވާކަމަށް

މިހާރު އުފައްދާފައިވާ މޯލްޑިވްސް މީޑީއާ ކައުންސިލް އުފައްދާ ރަނގަޅަށް ހިނގައިގަންނަން ނުފެށެނީސް ގިނަ މައްސަލަތަކެއް މިވަނީ ކުރިމަތިވެފަ އެވެ.

މީޑިއާ ކައުންސިލް އުފެދިފައިވަނީ ރާއްޖޭގެ މީޑިއާގައި ހަރަކާތްތެރިވާ މީޑިއާތަކުން އަށް މެމްބަރުންނާއި އާއްމުންގެ ތެރެއިން ހަތް މެމްބަރުންގެ މައްޗަށެވެ. އެ 15 މެމްބަރުންވެސް ހޮވަނީ އިންތިހާބަކުންނެވެ. އިންތިހާބު ބާއްވަނީ ރާއްޖޭގައި ރެޖިސްޓްރީ ކޮށްފައިވާ މީޑީއާތަކުގެ މެދުގައެވެ.

މީޑީއާ ކައުންސިލަކީ އެއްވެސް އިރެއްގައި ރާއްޖޭގައި މަސައްކަތްކުރާ މީޑިއާތަކާ މާގާތްގުޅުމެއް ބާއްވަމުންއަންނަ އަދި މީޑިއާތައް ކުރިއެރުވުމަށް މާބޮޑު މަސައްކަތްތަކެއް ކުރާ ކައުންސިލެއްގެ ގޮތުގައި ފާހަގައެއް ނުކުރެވެއެވެ. އެއަށްވުރެ ބޮޑަށް އަބަދުވެސް ފެންނަނީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ މުށުތެރޭގައި އޮވެ، ސަރުކާރު ބޭނުންވާ ގޮތަށް ޚަބަރާއި މައުލޫމާތު ފެތުރުމަށް ފޯރުކޮށްދިނުމަށް ނޫސްވެރިންނަށާއި މީޑިއާތަކަށް ނުފޫޒާއި ބާރުގެ ބޭނުންކުރާ މަންޒަރެވެ.

ސަރުކާރުން ނުފޫޒު އޮތް ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންމެ ނުފޫޒު އޮތް މުއައްސަސާއަކީ ބްރޯޑްކާސްޓިންގ ކޮމިޝަނެވެ. އެތަނުން ވަނީ ރާއްޖޭގެ އެންމެ ގިނަ މީހުންބަލާ ޓީވީ ޗެނަލް ކަމަށްވާ ރާއްޖެޓީވީ މަތިމައްޗަށް ޖޫރިމަނާކޮށް ޖެއްސުން ކުރަމުންނެވެ. ރައްޖެޓީވީއަށް އޮތީ ދެ އިރު ދެދަޅައަށް އެކޮމިޝަނަށް ޖަވާބުދާވާންޖެހޭ ހާލަތުގަ އެވެ. އެހާލަތުއައީ އެކޮމިޝަނުގައި އުޅުއްވާ ކުދިންގެ ކޮޅެއް ކުރިން އުޅުއްވި ސިޔާސީ ޕާޓީއެއްގެ ޖަގަހައިގެ ވެރިޔާގެ އަބުރުފުޅުގެ ބޮޑުކަމުން ކަމަށް ގަބޫލު ކުރެވެއެވެ.

އެހެންކަމުން ބްރޯޑްކާސްޓިން ކޮމިޝަން ވެފައިމިވަނީ ދައުލަތަށް ފައިސާވައްދާ ތަނަކަށް ވެފައެވެ. އަބުރު ގާނޫނު ވުޖޫދުކުރިފަހުން، ރައްޖެޓީވީ 200،000 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. ނޫސްވެރިޔަކު 50،000 ރުފިޔާއިން ޖޫރިމަނާކުރި އެވެ. އަދި ރާއްޖެޓީވީ 200،000 ރުފިޔާގެ ޖޫރިމަނާ ދެއްކި ދުވަހު އަނެއްކާ 1،000،000 ރުފިޔާއިން ޖޫރިމަނާ ކުރުމުން އެފައިސާވެސް ވަނީ ދައްކާފަ އެވެ.

މިމަންޒަރު ފެނިގެން ތޯއްޗެކެވެ، މީޑިއާ ކައުންސިލަށް މަޑަކުން އޮވެވޭގޮތެއް ނުވިއެވެ. ރައީސް އޮފީހުން ފޮނުވި ކަމަށްބުނާ މައްސަލަތަކެއް ކުއްލިއަކަށް މީޑިއާތަކަށާއި އެ މައްސަލަތައް ނިސްބަތްވާ ނޫސްވެރިން ޖަވާބުދާރީވުމަށް އެންގި އެވެ. 

އެމައްސަލަތައް އައުމާއެކު އެލިޔުންތަކަށް ބަލާލިއިރު، ކަމަކުދާކަށް ނެތެވެ. މެޑަމް ފާތުންގެ އަބުރުފުޅާ ބެހި، މެޑަމް ފާތުންގެ ހައްގުތަކަށް އަރައިގަތީ ޔޯލައެވެ. ނަމަވެސް އެލިޔުންތައް ކިޔާ ނިމުނުއިރުވެސް އެވިދާޅުވާ އަބުރުފުޅާ ބެހިވިފަ އޮތީ ކިހިނެއްތޯ އާއި ކޮންގޮތަކަށްތޯ ސާފެއްނުވިއެވެ. އެ ލިޔުންތަކުން މެޑަމް ފާތުންގެ އަބުރުފުޅަށް އަރައިގަނެވިފައިވަނީ ނުވަތަ މެޑަމް ފާތުންގެ ހައްގަކަށް އަރައިގަނެވިފައިވަނީ ކޮންގޮތަކުން ކަމެއް ސާފެއް ނުވި އެވެ. އެހެންކަމުން ޖަވާބުދާރީވާންވީ އެލިޔުންތަކުގެ ކޮންކޮން ބައިތަކަކަށް ނޭނގެ އެވެ. 

އެކަން އެގޮތަށް އޮތްވާ މި ބުނާ މައްސަލަތައް ލިބުނު ދުވަހު ރައީސް އޮފީހުން އެމައްސަލަ ހުށަހެޅި ކަމަށްބުނާ މީހާ އެމައްސަލަތައް ހުށަހަޅާފައި ނުވާކަމަށް ވިދާޅުވެއްޖެ އެވެ. އަދި ނުވިތާކަށް ރައީސް އޮފީހުގެ ތަރުޖަމާނުވެސް ވިދާޅުވީ ރައީސް އޮފީހުން މީޑިއާތަކަށް އަދި ނޫސްވެރިންގެ މައްޗަށް އެއްވެސް މުއައްސަސާއަކަށް މައްސަލައެއް ހުށަހަޅާފައިނުވާނެ ކަމަށެވެ. އެންމެފަހުން އެކަން މީޑިއާ ކައުންސިލަށް ވެސް ރައީސް އޮފީހުން އަންގައިފި އެވެ.

އެހިސާބުން މީޑިއާ ކައުންސިލުން ނޫސްވެރިންގެ ފޮނުވި 30 މައްސަލާގައި ނޫސްވެރިންނާއި މީޑީއާތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއް ބަޔަކު މީޑިއާ ކައުންސިލަށް ފާޑުޔުންތައް އަމާޒުވެ މީޑިއާ ކައުންސިލް ހޫނު ފެނަށް ވެއްޓިއްޖެ އެވެ. ތިމަންނާމެންނަށްވެސް ކަންކަން ކުރެވޭކަން އަދި އަދި ކުރާން ރައީސް އޮފީހަށް ދައްކަން އުޅެންހަދައިގެން މީޑިއާ ކައުންސިލް ހަމަ ރަނގަޅަށްވެސް "އަތަށް ގޮވީ" އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް