ކ. މާލެ
|
24 މެއި 2017 | ބުދަ 00:56
 ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު
ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު
ރާއްޖެ އެމްވީ
މާލޭ ލީގު 2017
ވަޒަނަށް ނިތްކުރި ދިއްކުރުމަކީ މޮޅު މީހަކު ކުރާނެ ކަމެއް ނޫން: ނަޒީހު
އީގަލްސް އަތުން ޔޫވީ ބަލިވީ 0-1 ގެ ނަތީޖާއިން
ޔޫވީ އޮތީ ތިން ޕޮއިންޓާއެކު ލީގުގެ 7 ވަނައިގަ

ވަޒަން ޖެހީމަ އެއަށް ނިތްކުރި ދިއްކުރާ މީހާއަކީ މޮޔައެއް ކަމަށާއި އެހެން ނަމަވެސް އެ ވަޒަނުން ރެކި ދުޝްމަނު މީހާ މަރާލާ މީހާއަކީ މޮޅު މީހާ ކަމަށް ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ.

 

ޔޫވީ އާއި އީގަލްސް ބައްދަލުކުރި މެޗަށްފަހު ވާހަކަ ދައްކަމުން ނަޒީހު ބުނީ މެޗުގައި ޔޫވީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ކަމަށާއި އެހެން ނަމަވެސް މެޗު ގެއްލިގެންދިޔައީ ހެދުނު އެންމެ މިސްޓޭކެއްގެ ސަބަބުން ކަމަށެވެ.

 

ވަޒަން ޖެހީމަ އެއަށް ނިތްކުރި ދިއްކުރާ މީހާއަކީ މޮޔައެކޭ ބުނެ މިސާލު ޖަހަމުން ނަޒީހު ބުނީ އެޓީމުގެ ގޯލު އޭރިޔާ ތެރޭގައި އޮތް ބޯޅައެއް ޑިފެންޑަރު ކޮއްޓަން ހަދައިގެން އިދިކޮޅު ކުޅުންތެރިޔާއަށް ލިބުމަކީ ވަޒަނަށް ނިތްކުރި ދިއްކުރުން ކަމަށެވެ. އަދި މޮޅު މީހާއަކީ އެ ވަޒަނުން ރެކި ދުޝްމަނު މީހާ މަރާލުން ކަމަށް ބުނެފައި ވަނީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ އިދިކޮޅު ކުޅުންތެރިޔާއަށް ލިބުމުގެ ކުރިން މޮޅު ގޮތް ނުހަދާ ކޯނަރަކަށް ނުވަތަ އެއްލުމަކަށް ބޭރުން ކޮށްލުމެވެ.

 

ނަޒީހު މިގޮތަށް މާނަކުރި އިރު، އީގަލްސް އިން ގޯލު ޖަހާފައި ވަނީ ޔޫވީގެ ޑިފެންޑަރަށް ލިބުނު ބޯޅައެއް ސާފުކޮށް ނުލެވި އުޅެނިކޮށެވެ. މި ލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ އަހުމަދު ނައުފަލް އެވެ.

 

ނަޒީހު ބުނީ މެޗުން ބަލިވި ނަމަވެސް ޖުމްލަކޮށް ބަލާއިރު ޓީމުން ދެއްކި ކުޅުން ގޯސް ނޫން ކަމަށާއި އެހެން ނަމަވެސް މި މެޗުގައި ވެސް އެޓީމުގެ ފުރަތަމަ 11 ގައި ކުޅޭ ގިނަ ކުޅުންތެރިން ޓީމުން ބާކީ ކުރަން ޖެހުނު ކަމަށެވެ.

 

މި މެޗުން ވި ބައްޔާއެކު ޔޫވީ އޮތީ ތިން ޕޮއިންޓާއެކު ލީގުގެ 7 ވަނައިގައެވެ. އަދި މެޗުން މޮޅުވި އީގަލްސް އޮތީ 10 ޕޮއިންޓާއެކު ލީގުގެ ހަތަރު ވަނައިގައެވެ.

- ކޮމެންޓް
24 މެއި 2017 | ބުދަ 12:03
ހަސަން
މިއީ ހާދަ މޮޅު މީހަކު ލިޔެފައި އޮތް ޚަބަރެކޭ. މި ޚަބަރުގެ އަރިމަތީ ސުރުޚީތަކުގައި ލިޔެފައި އޮތް އެއްޗަކާ އެ ސުރުޚީގެ ދަށުގައި ލިޔެފައި އޮތް އެއްޗަކާ ދިމާވޭބާ؟