ކ. މާލެ
|
24 މެއި 2017 | ބުދަ 00:34
ޑުބާއީ ފެޝަން ޝޯގެ ބައިބެރިއެއް ހުނަރު ދައްކާލަނީ
ޑުބާއީ ފެޝަން ޝޯގެ ބައިބެރިއެއް ހުނަރު ދައްކާލަނީ
ޔޫޓިއުބް
ކުރުމީހުންގެ ފެޝަންޝޯ
މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!
ކުރުމީހުންގެ ޝޯ އަށް ބައިނަލްއަގްވާމީ ސަމާލުކަން ވަނި ލިބިފައި

އިންޓަރނޭޝަނަލް ޑްވޯފް ފެޝަން ޝޯ ގެ ނަމުގައި ކުރު އަންހެނުންގެ ފެޝަން ޝޯވ ޑުބާއީގައި ބާއްވައިފިއެވެ. ނިމިގެން ދިޔަ ހަފްތާ ބަންދުގައި ބޭއްވި ޝޯ ގައި ރީތި ފެޝަންތައް ބައިވެރިން ދައްކާލާފައިވެއެވެ.

ޝޯ އިންތިޒާމް ކުރި ފަރާތުން ބުނެފައިވަނީ މި ޝޯގެ މަގްސަދަކީ ރީތި ކަމާމެދު މީހުން ދެކެމުން އަންނަ ގޮތް ބަދަލު ކުރުން ކަމަށާއި، ރީތި މީހަކަށް ވުމަށް ކޮންމެހެން އިސްކޮޅުން ދިގުވާން ނުޖެހޭކަން ހާމަ ކުރުމާއި، ފެޝަން އިންޑަޒްޓްރީގައި އެންމެވެސް ބައިވެރިކުރުމަށް ހޭލުންތެރި ކުރުވުމަށް ކަމަށެވެ.

ބައިނަލްއަގްވާމީ ސަމާލުކަން ލިބިފައިވާ މި ޝޯ އަކީ،  2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޝޯ އެކެވެ. ފާއިތުވި އަހަރުތަކުގައި ނިއުޔޯކާއި، ޓޯކިޔޯ އަދި ޕެރިހުގައިވެސް މި ޝޯ ބާއްވާފައިވެއެވެ.

 

 

- ކޮމެންޓް