ކ. މާލެ
|
13 އޮކްޓޯބަރ 2021 | ބުދަ 12:10
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރައްޔިތުންގެ މަޖިލިސް
އުރީދޫ ސާފް ޗެމްޕިއަންޝިޕް
މިރެއަކީ ރާއްޖޭގެ ގައުމީ ޓީމު ފައިނަލަށްދާ ރޭ: ރައީސް ނަޝީދު
 
މި މެޗު އެއްވަރު ކޮށްލައިގެންވެސް ރާއްޖެއަށް ފައިނަލަށް ދިޔުމުގެ ފުރުސަތުު އެބައޮތް
 
ފުޓުބޯޅައިގެ ތަޖުރިބާކާރުންނާ ކުރެވުނު މަޝްވަރާތަކުން މިރޭ ދިވެހި ޓީމަށް ފައިނަލަށް ދެވޭނެ

"އުރީދޫ ސާފް ޗެންޕިއަންޝިޕް 2021" ގައި މިރެއަކީ ދިވެހި ގައުމީޓީމް ފައިނަލަށްދާ ރޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވައި އެމަނިކުފާނު ވިދާޅުވީ، މިއީ ދިވެހި ޓީމު ފައިނަލަށް ދާނެ ރޭ ކަމުގައެވެ. ފުޓުބޯޅައިގެ ތަޖުރިބާ ކާރުންނާ ކުރެވުނު މަޝްވަރާތަކުން މިރޭ ދިވެހި ޓީމަށް ފައިނަލަށް ދެވޭނެ ފުރުސަތު ފަހިކަމަށް އެބޭފުޅުން ވެސް ލަފާކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަޖިލީހުގެ ކައުންސިލަރ ޖެނެެރަލްގެ ޒަވާޖީ ހަޔާތް ގުޅިފައިވަނީ ފުޓުބޯޅައާ ކަމަށާއި، އެކަމަނާގެ ލަފާ ހޯދުމުން ވެސް ޤައުމީ ޓީމަށް އެއްވަރު ކޮށްލައިގެން ވެސް ފައިނަލަށް ދެވޭނެކަމަށް ވިދާޅުވެފައިވާކަމަށެވެ. ނަމަވެސް ޤައުމީ ޓީމު ފައިނަލަށް ދާނީ މޮޅުވެގެންކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕްގައި ބުދަ ދުވަހުގެރޭ އިންޑިއާ އާ ދެކޮޅަށް ރާއްޖެއިން ކުޅޭއިރު، މި މެޗު އެއްވަރު ކޮށްލައިގެން ވެސް ރާއްޖެއަށް ފައިނަލަށް ދިޔުމުގެ ފުރުސަތުު އެބައޮތެވެ. އެކަމަކު އިންޑިއާ މެޗުގެ ކުރިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނީ މި މެޗަށް ރާއްޖެއިން ނުކުންނާނީ މެޗުން މޮޅުވެ ފައިނަލަށް ދަތުރު ކުރުމަށް ކަމަށެވެ. މި މެޗަށް ރާއްޖެއިން ނުކުންނައިރު، އިންޑިއާއަށް ވެސް ފައިނަލަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. އިންޑިއާއިން ފައިނަލަށް ދެވޭނީ ރާއްޖެ ބަލިކޮށްގެންނެވެ. ރާއްޖެ ފައިނަލަށް ގޮސްފިނަމަ ބައްދަލު ކުރަން ޖެހޭނެ ޓީމެއް އެނގޭނީ ބުދަ ދުވަހު ހަވީރު ބަންގްލަދޭޝް އާއި ނޭޕާލް ބައްދަލުކުރާ މެޗުންނެވެ. އެ މެޗުން ނޭޕާލް އެއްވަރުވި ކަމުގައި ވިޔަސް އެޓީމަށް ފައިނަލަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު ބަންގްލަދޭޝްއިން ފައިނަލަށް ދާން ބޭނުންނަމަ އެޓީމަށް ޖެހޭނީ ނޭޕާލް ބަލިކުރުމަށެވެ.

ލީގު ބުރުގެ ފަހު މެޗަށް ރާއްޖެއިން ނުކުންނައިރު، މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ ނޭޕާލެވެ. އެޓީމަށް ތިން މެޗުން ހަ ޕޮއިންޓް ވަނީ ލިބިފައެވެ. ދެވަނައިގައި އޮތް ދިވެހިރާއްޖެއަށް ވެސް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ނޭޕާލަށް ކުރި ލިބެނީ ހެޑް ޓު ހެޑްގެ އުސޫލުންނެވެ. ލީގު ތާވަލުގެ ތިންވަނައިގައި އޮތް އިންޑިއާއަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ބަންގްލަދޭޝްއަށް ތިން މެޗުން ހަތަރު ޕޮއިންޓް ވަނީ ލިބިފައެވެ.

މި މުބާރާތް ރާއްޖޭގައި މިއަހަރު ކުރިޔަށްދާއިރު މީގެ ކުރިން 2008 ވަނަ އަހަރު ރާއްޖޭ އާއި ލަންކާގައި ބޭއްވި މުބާރާތް ރާއްޖެއިން ފައިނަލުގައި އިންޑިއާއާ ވާދަކޮށް 1-0 ގެ ނަތީޖާއަކުން ވަނީ ކާމިޔާބު ކޮށްފައެވެ. އަދި އެއީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ވެސް ރާއްޖެއިން ކާމިޔާބު ކޮށްފައިވާއިރު، އެ ފަހަރުގެ މުބާރާތް ވެސް ރާއްޖެއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން އިންޑިއާ ބަލިކުރުމަށްފަހުގައެވެ. އަދި މިއަހަރުގެ މުބާރާތަށް ރާއްޖެއިން ނުކުތީ މި މުބާރާތް ތިންވަނަ ފަހަރަށް ކާމިޔާބު ކުރުމުގެ އަޒުމާއެކުގައެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ލީގު ބުރުގައި ރާއްޖޭން އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، އަމިއްލަ ދަނޑުގައި ރާއްޖޭން ވަނީ އިންޑިއާއާ ތިން ފަހަރު ބައްދަލުކޮށްފައެވެ. އެ މެޗުތަކުގެ ތެރެއިން ރާއްޖެއަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އެއީ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބުލީ މުބާރާތުގައެވެ. އޭގެ ފަހުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އިންޑިއާއިން ކާމިޔާބުކުރިއިރު، 2011 ވަނަ އަހަރު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެނެވެ.

ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭ 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
33%
0%
0%
33%
33%
0%
ކޮމެންޓް
ގުޅުންހުރި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި
20 ވަނަ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ މެންބަރުންނާ ރައީސް ޞާލިހު ބައްދަލުކުރައްވައިފި
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް