ކ. މާލެ
|
12 އޮކްޓޯބަރ 2021 | އަންގާރަ 09:46
ޖަލު ބަންދުގައިވާ މީހެއް
ޖަލު ބަންދުގައިވާ މީހެއް
ކަރެކްޝަން ސަރވިސް
ވާނުވާ ބަންދު މީހުންގެ މައްސަލަ
ވާނުވާ ބަންދުގައި ތިބޭ މީހުންގެ ކަންކަމަށް ހައްލެއް ހޯދުމަށް މަޖިލީހަށް މައްސަލައެއް ވައްދައިފި
މި މައްސަލަވަނީ 47 މެމްބަރުންގެ އިއްތިފާގުން މަޖިލީހުގައި ބަހުސް ކުރުމަށް ފާސްވެފައި
ބަންދުގައި ތިބޭ މީހުންގެ ބޭސްފަރުވާގެ އިންތިޒާމްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދޭ
ވާނުވާ ބަންދުގައި ގައި 370ށްވުރެ ގިނަ މީހުން މިހާރުވެސް އެބަތިބި

ވާނުވާ ބަންދުގައި ތިބޭ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް މަޖިލީހަށް މައްސަލައެއް ވައްދައިފިއެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވަނީ، ވާނުވާ ބަންދުގައި ތިބޭ މީހުންގެ މައްސަލަ ދިގުލައިިގެން ދިޔުމާއި، އެ ގޮތަށް ބަންދުކޮށްފައިވާ މީހުންނަށް އެކަށީގެންވާ ބޭސް ފަރުވާ ނުލިބޭ ކަމުގެ ޝަކުވާތައް އިތުރުވަމުން އަންނާތީ، އެކަމަށް ހައްލެއް ހޯދުމަށް އެދޭ ކަމަށެވެ. މި މައްސަލަވަނީ 47 މެމްބަރުންގެ އިއްތިފާގުން މަޖިލީހުގައި ބަހުސްކުރުމަށް ފާސްވެފައެވެ. އެގޮތަށް ބަންދުކޮށްފައި ތިބި މީހުންގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުންތައް ނުފެށުމާއި، ޝަރީއަތް ނިމުމަށްފަހު ހުކުމުގެ މަރުހަލާ ނުނިމި އެތައް ބަޔަކު އެބަތިބި ކަމަށެވެ.

ބަންދުގައި ތިބޭ މީހުންގެ ބޭސްފަރުވާގެ އިންތިޒާމްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާތީ އެކަމަށް ހައްލު ހޯދުމަށް ވެސް މައްސަލައިގައި އެދިފައިވެއެވެ. ދާދިފަހުން ޖަލުގެ ވާނުވާ ބަންދުގައި ހުރި މީހަކު ނިޔާވެފައިވާކަން ފާހަގަކޮށް މައްސަލައިގައި ބުނެފައިވަނީ، އޭނާ ނިޔާވެފައިވަނީ އެކަށީގެންވާ ބޭސްފަރުވާ ނުލިބި ކަމަށެވެ. އެހެންކަމުން މިހެން ހިނގާ ކަންކަން ހައްލު ހޯދުމަށް މައްސަލައިގައިވަނީ އެދިފައެވެ.

މި މައްސަލައަށް ވާހަކަ ދައްކަވަމުން ސިރާޖު ވިދާޅުވީ، ވާނުވާ ބަންދުގައި 370ށްވުރެ ގިނަ މީހުން މިހާރުވެސް އެބަތިބި ކަމަށެވެ. މީގެތެރޭގައި ފަސް އަހަރުވެފައި ތިބި މީހުން އެބަތިބި ކަން ސިރާޖު ފާހަގަކުރެއްވިއެވެ. ސިރާޖު ވިދާޅުވީ، ޖަލުގައި މައްސަަލަތައް ދިމާވާއިރު އެއްވެސް ތަހުގީގެއް ނެތި ޒިންމާދާރުކަން ކުޑަ ގޮތަކަށް ހޯމް މިނިސްޓަރު ޖަވާބު ދެއްވާތީ ކަންބޮޑުވާ ކަމަށެވެ. އެހެންކަމުން މިހާރު ހޯމް މިނިސްޓަރަށް އެއްވެސް އިތުބާރެއް ނެތް ކަމަށް ސިރާޖު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
ކޮމެންޓް