ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ފިރިހެނަކަށް ޖިންސީ ގުނަވަން ދައްކާފައިނުވާނެކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.
ނާޒިލް މިހެން ވިދާޅުވެފައި މިވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދ އަސްލަމަށް މަޖިލީހުގައި ހިތްހަމަޖެހިވަޑައިނުގެން ނާޒިލް ޖިންސީ ފުރައްސާރައަކަށްވާ އަމަލެއް ކުރައްވައި "މި ވީޑިއޯ ކޮށްބަލާށޭ" ވިދާޅުވި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. މަޖިލީހުގެ އިދާރާގެ ތެރޭގައި ނާޒިލް އެގޮތަށް ކަންތައް ކުރެއްވުމުން އެ މައްސަލަ ބަލައިދޭން އެދިވަޑައިގެން ސެކްރެޓޭރިއަޓަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޙުސަައިން ޝަހީމް (އަނދުން ހުސައިން)އެވެ.
އެ ވާހަަކަތައް ދޮގު ކުރައްވައި ހޯމަ ދުވަހުގެ ޖަލްސާގައި ނާޒިލް ވިދާޅުވީ، ޖިންސީ ގުނަވަނެއް އެއްވެސް މީހަކަށް ދައްކާފައި ނުވާ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. ނާޒިލް ވިދާޅުވީ، އެނާގެ ޖިންސީ ގުނަވަން ދެއްކި ވާހަކަ ފާއިތުވި ހަފްތާގައި ވަރަށް ބޮޑަށް ދެކެވިފައިވާކަމަށެވެ. ނަމަވެސް ދުވަހަކުވެސް މަޖިލީހުގެ ފިރިހެނަކަށް ޖިންސީ ގުނަވަން ދައްކާފައިނުވާނެކަމަށާއި، އެ ޔަޤީންކަން ރާއްޖޭގެ ރައްޔިތުންނަށް ދެއްވާކަމަށެވެ. އަދި ޚާއްސަކޮށް ދާއިރާގެ ރައްޔިތުންނަށް ދެއްވާ ކަމަށެވެ.
އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުގެ ޖިންސީ ގުނަވަނެއް މި އިއްޒަތްތެރި މަޖިލީހުގައި މި ތިބި މެންބަރުންގެ ތެރޭގައި އެންމެ ފިރިހެނަކަށްވެސްފެނިފަ ނޯންނާނެކަން. އަޅުގަނޑު ދިވެހި އެންމެހާ ރައްޔިތުންނަށް އަދި ޚާއްޞަކޮށް ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންނަށް އަރުވަންއަހުމަދު ނާޒިލް - ހިތަދޫ ދެކުުނު ދާއިރާ
ނާޒިލް ވަނީ މެންބަރު އަސްލަމް އައްޑޫގައި ދިރިއުޅުއްވި ގޭގައި އަލިފާން ރޯކޮށްލަން މަސައްކަތްކުރި ވާހަކަވެސް ދޮގުކޮށްފައެވެ. އޭނާ ވިދާޅުވީ ދުވަހަކު ވެސް މީހެއްގެ މުދަލަށާއި ޖިސްމަށް އަނިޔާދީ މީހުން މެރުމަށް ހިތްވަރުދީ އެފަދަ ކަންކަމުގައި ދުވަހަކު ވެސް އުޅެފައި ނުވާނެކަމަށެވެ. އަދި އެފަދަ އަމަލެއް ދުވަހަކު ވެސް ހިންގަން ހިތްވަރު ނުދެއްވާނެ ކަމަށެވެ.