ކ. މާލެ
|
9 އޮކްޓޯބަރ 2021 | ހޮނިހިރު 22:29
މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑްކުއާޓާރ، ޝަހީދު ހުސެއިން އާދަމް ބިލްޑިން
މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑްކުއާޓާރ، ޝަހީދު ހުސެއިން އާދަމް ބިލްޑިން
ރާއްޖެއެމްވީ
ލަންކާގެ ރެފިއުޖީންތަކެއް އަތުލައިގަތުން
ލަންކާގެ ރެފިއުޖީންތަކެއް އަތުލައިގަތް މައްސަލައިގެ މައުލޫމާތު ހިއްސާކޮށްފައެއްނުވޭ: ފުލުހުން
 
ފެރީގައި ކާކުކަން ދެނެގަނެވޭ ފަދަ އެއްވެސް ލިޔުމެއް ނެތް މީހުން ވެސް ތިބި
 
އެމީހުން އަތުލައިގަތީ އެމެރިކާގެ ސިފައިން
 
ރާއްޖޭ ކަނޑުގެ ސަރަހައްދުން އެމީހުން އަތުލައިގަތީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ފެރީ ހުއްޓިފައި ވަނިކޮށް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ސްރީ ލަންކާގެ ރެފިއުޖީންތަކެއް އަތުލައިގަތް މައްސަލައިގެ މައުލޫމާތު ހިއްސާކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ލަންކާގެ އެފިއުޖީންގެ ބަޔަކު ފިލައިގެން ދަނިކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަނެ، އެމެރިކާގެ ސިފައިން ރާއްޖެއާ ހުކުރު ދުވަހުގެ ވަގުތެއްގައި ހަވާލުކޮށްފައިވާ ކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މިމައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް ފުލުހުންގެ މީޑިއާ އޮފިސަރ ވިދާޅުވީ އެފަދަ އެއްވެސް މައުލޫމާތެއް އަދި ރެފިއުޖީންތަކެއް އަތުލައިގަނެފައިވާކަމުގެ ރިޕޯޓެއް މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން އަންގާފައިނުވާ ކަަމަށެވެ.

ބޭރުގެ ރިޕޯޓުތަކުގައި ބުނެފައިވަނީ އެމީހުންނަކީ މަދޫރާއީ އާއި ޓްރިޗީގެ ރެފިއުޖީ ކޭމްޕްތަކަކުން ފިލައިގެން އުޅޭ ބައެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި ރާއްޖޭ ކަނޑުގެ ސަރަހައްދުން އެ މީހުން އަތުލައިގަތީ، މޫސުން ގޯސްވެ، ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ފެރީ ހުއްޓިފައި ވަނިކޮށް ކަމަށެވެ. އެމީހުން މަސައްކަތް ކޮށްފައިވަނީ އިންޑިއާގެ ކެރެލާ އިން ދެކުނު އެފްރިކާއަށް ގޮސް ކެނެޑާގެ ހިމާޔަތް ހޯދުމަށް ކަމަށް ތުހުމަތުކޮށްފައިވެއެވެ.

ގަވާއިދާ ޚިލާފަށް ދަތުރުކުރަމުން ދިޔަ މިފެރީގައި ކާކުކަން ދެނެގަނެވޭ ފަދަ އެއްވެސް ލިޔުމެއް ނެތް މީހުން ވެސް ތިއްބެވެ. އަދި ލަންކާގެ ތަމަޅައިންގެ 85 މީހަކު 59 ރެފިއުޖީއަކު ވެސް ހިމެނޭ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
50%
0%
0%
0%
50%
0%
ކޮމެންޓް
ގުޅުންހުރި
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހަކު ހައްޔަރުކޮށްފި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި