ކ. މާލެ
|
23 މެއި 2017 | އަންގާރަ 18:59
ޔޫރޮޕާ ލީގު ފައިނަލް ކުލުމަށް ހަމަޖެހހިފައިވާ ސްޓޭދިއަމް
ޔޫރޮޕާ ލީގު ފައިނަލް ކުލުމަށް ހަމަޖެހހިފައިވާ ސްޓޭދިއަމް
ޓްވިޓަރ
ުީޔޫރޮޕާ ލީގު
މެންޗެސްޓާ ހަމަލާ: ޔޫރޮޕާ ލީގް ފައިނަލް ބޭއްވުމަށް ހުރަހެއް ނެތްކަމަށް ޔުއެފާއިން ބުނެފި
ޔޫރޮޕާ ލީގު ފައިނަލް މެޗު އޮތީ ބުދަ ދުވަހުގެ ރޭ
ޔޫރޮޕާ ލިގު ފައިނަލްގައި ބައްދަލުކުރާނީ އަޔަކްސް އަދި ޔުނައިޓެޑް
ފައިނަލް މެޗުގެ ސެކިއުރިޓީ ކަންތައްތައް ވަރުގަދަވާނެ ކަމަށް ޔުއެފާ އިން ބުނޭ

މެންޗެސްޓާ އަށް ދިން ޓެރެރިސްޓް ހަމަލާއާ ގުޅިގެން ޔޫރޮޕާ ލީގަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް ޔޫރަޕްގެ ފުޓުބޯޅަ މައި އިދާރާ ޔުއެފާ އިން ބުނެފިއެވެ.

 

ޔުއެފާ އިން ބުނީ މެންޗެސްޓާ އެރީނާގައި ކުރިޔަށް ދިޔަ ކޮންސެޓަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އިތުރު ހަމަލާއެއް ޔޫރޮޕާ ލީގް ފައިނަލަށް އަމާޒުކޮށްދޭން އުޅޭކަމުގެ އެއްވެސް އިންޓެލިޖެންސް މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި، އެގޮތުން ފައިނަލް މެޗު ބުދަ ދުވަހު ކުރިޔަށްދާނެ ކަމަށެވެ.

 

މެންޗެސްޓާ ޔުނައިޓެޑް އަދި އަޔަކްސް ބައްދަލުކުރާ ޔޫރޮޕާ ލީގު ފައިނަލް މެޗު ފެށެން 48 ގަޑިއިރަށްވެފައިވަނިކޮށް ޓެރެރިސްޓް ހަމަލާ ދީފައިވާއިރު، އަންގާރަ ދުވަހުގެ ވަގުތެއްގައި ޔުނައިޓެޑް ޓީމު ފައިނަލް މެޗަށް ސްވިޑެންއަށް ފުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

އެހެންނަމަވެސް ޔޫރޮޕާ ލީގު ފައިނަލް މެޗަށް ސެކިއުރިޓީ ކަންތައް ވަރުގަދަކޮށްފައިވާކަން ޔުއެފާ އިން ވަނީ ސަޕޯޓަރުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެގޮތުން ސްވިޑެން އިން ދަނީ މެޗު ކުޅޭ ސަރަހައްދުގައި ސެކިއުރިޓީ ވަރުގަދަކުރަމުންނެވެ.

 

މީގެއިތުރުން ޔުއެފާ އިން ވަނީ މެޗު ބެލުމަށް ދަނޑަށް ވީހާވެސް އަވަހަށް ދިޔުމަށް ސަޕޯޓަރުންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ޔުއެފާ އިން ބުނީ ލަހުން މެޗު ބެލުމަށް ދަނޑަށް ގޮސްފިނަމަ ދަނޑަށްވަނުމަށް އޮންނަ ސެކިއުރިޓީ ޕްރޮސީޖާގެ ސަބަބުން ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް