ކ. މާލެ
|
23 މެއި 2017 | އަންގާރަ 18:24
200 މީޓަރުގެ ޔޫތް ގައުމީ ރެކޯޑު އޮތް ނާއިލް
200 މީޓަރުގެ ޔޫތް ގައުމީ ރެކޯޑު އޮތް ނާއިލް
ފޭސްބުކް
ޔޫތް އެތްލެޓިކްސް
އަނިޔާގައި ހުރެ ދުވެގެން 200 މީޓަރު ދުވުމުގެ ރެކޯޑު ނާއިލް މުގުރާލައިފި
ނާއިލް ޔޫތް ރެކޯޑު ހޯދާފައިވަނީ 22.41 ސިކުންތުން ރޭސް ނިންމައިގެން
ނާއިލް އަންނަނީ މިދިޔަ އަހަރުން ފެށިގެން ބޮޓްސްވާނާގައި ތަމްރީން ހަދަމުން

ތައިލޭންޑްގެ ބެންގްކޮކުގައި ކުރިޔަށްދާ ދެވަނަ ސައުތް އޭޝިއަން ޔޫތް އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ 200 މީޓަރު ދުވުމުގެ ޔޫތް ގައުމީ ރެކޯޑު ބާރު ދުވުންތެރިޔާ މުހައްމަދު ނާއިލް މުގުރާލައިފި އެވެ.

 

ނާއިލް މި ރެކޯޑް މުގުރާލިއިރު، އޭނާ މި އިވެންޓްގައި ދުވެފައިވަނީ އަނިޔާގައި ހުރެގެންނެވެ.

 

މި މުބާރާތުގައި ދުވެގެން ފުރަތަމަ ނާއިލް ރޭސް ނިންމާލާފައިވަނީ ވާދަކުރި ހީޓުގެ ހަތަރުވަނަ ހޯދައިގެން 22.54 ސިކުންތުންނެވެ. އެހެންނަމަވެސް ދެވަނަ ރޭހުގައި ހެމްސްޓްރިންގް އަނިޔާއާއެކު އޭނާ ދުވެފައިވާއިރު، 22.41 ސިކުންތުން ވަނީ ރޭސް ނިންމާ ރެކޯޑު މުގުރާލާފައެވެ.

 

ޔޫތް ރެކޯޑު މީގެކުރިން އޮތީ އިބްރާހިމް އަޝްފާން އަލީ (އައްޕި) އަތުގައެވެ. އޭނާ ރެކޯޑު ހެދީ ކޮމަން ވެލްތް ގޭމްސްގައި ވާދަކޮށްގެންނެވެ.

 

200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އޮތީ ރާއްޖޭގެ އެއް ނަމްބަރު ދުވުންތެރިޔާ ހަސަން ސާއިދު އަތުގައެވެ. އޭނާ ގައުމީ ރެކޯޑު ހަޑާފައިވަނީ އިންޑިއަން ގްރޯން ޕްރީގައި ވާދަކޮށް 20.75 ސިކުންތުން ރޭސް ނިންމައިގެންނެވެ.

 

މިދިޔަ އަހަރުން ފެށިގެން ބޮޓްސްވާނާގައި ތަމްރީންތައް ހަދަމުން އަންނަ ނާއިލް އަންނަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން އޭނާ ވަނީ މިފަހަރު ޔޫތް ގޭމްސްގައި އެކަން ސާބިތުކޮށްދީފައެވެ.  

- ކޮމެންޓް