ކ. މާލެ
|
23 މެއި 2017 | އަންގާރަ 17:50
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާއެކު އެޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާއެކު އެޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ
ޗެލްސީގެ ކޯޗުކަމާ ކޮންޓޭ ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި މަހު
ކޮންޓޭގެ އިރުޝާދުގެ ދަށުން ޗެލްސީ ބަލިވީ އެންމެ ހަ މެޗުން

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ޗެމްޕިއަން ޗެލްސީގެ އެންޓޯނިއޯ ކޮންޓޭ ހޮވައިފި އެވެ.

 

"ލީގް މެނޭޖާސް އެސޯސިއޭޝަން" އިން ހޮވާ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗުގެ މަގާމު ކޮންޓޭ އަށް ލިބުނުއިރު، އޭނާ ވަނީ ޗެލްސީގެ ކޯޗުކަމާ ހަވާލުވި ސީޒަނުގައި އެޓީމަށް ޕްރިމިއާ ލިގުގެ ތަށި ހޯދައިދީފައެވެ.

 

ޗެލްސީ ވަނީ ޕްރިމިއާ ލީގުގައި މި ސީޒަނުގައި ކުޅުނު 38 މެޗުން 93 ޕޮއިންޓް ހޯދާފައެވެ. އެޓީމު ލީގުގައި ބަލިވެފައިވަނީ އެންމެ ފަސް މެޗުންނެވެ. ޗެލްސީއާ އެންމެ ގާތުން ލީގު ތަށްޓައް ވާދަކުރީ ޓޮޓެންހަމް ހޮޓްސްޕާ އެވެ. ލީގުގެ ކުޅުން ނިމުނުއިރު، އެޓީމާ ޗެލްސީއާ އޮތީ 8 ޕޮއިންޓްގެ ފަރަގެކެވެ.

 

އިޓަލީ ގައުމީ ޓީމަށް ކޯޗުކޮށްދީފައިވާ ކޮންޓޭ ޗެލްސީގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެގޮތުން އޭނާ ވަނީ މިވީތަނަށް އެޓީމަށް 46 މެޗުގައި ކޯޗުކަން ކޮށްދީފައެވެ. އޭގެ ތެރެއިން 37 މެޗުން ޗެލްސީ މޮޅުވިއިރު، ހަ މެޗުން ވަނީ ބަލިވެފައެވެ. އަދި ތިން މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ.

އިޓަލީ ގިނަ ކްލަބްތަކަށް ކޯޗުކަން ކޮށްދީފައިވާ ކޮންޓޭ ވަނީ ސެރިއާގައި ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެގޮތުން ޔުވަންޓަސް ކުޅުންތެރިޔެއްގެ ގޮތުން އަދި ކޯޗެއްގެ ގޮތުންވެސް އޭނާ ވަނީ ގިނަ ކާމިޔާބީ ހޯދާފައެވެ.

 

- ކޮމެންޓް