ކ. މާލެ
|
8 އޮކްޓޯބަރ 2021 | ހުކުރު 00:25
އާރްއާރްޓީ ޓީމް
އާރްއާރްޓީ ޓީމް
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮވިޑް-19 އަޕްޑޭޓް
އިތުރު 70 މީހުން ޕޮޒިޓިވްވެ 84 މީހުން ބަލިން ރަނގަޅުވެއްޖެ
1319 އެކްޓިވް ކޭސް ހިމެނޭއިރު 15 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން
މިހާތަނަށް 85،348 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވޭ
3177 ސާމްޕަލް ނަގައި ޓެސްޓްކޮށްފައިވޭ

ކޮވިޑް-19ށް އިތުރު 70 މީހުން ޕޮޒިޓިވްވެ، 84 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ން ބުދަ ދުވަހުގެ އިރުއޮއްސި 6:00ށް 3177 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން 70 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ މާލެ ސަރަހައްދުން 13 މީހުންނާއި އަތޮޅުތެރެއިން 54 މީހުންނެވެ. އަދި ހިންގަމުންދާ ރިސޯޓުތަކުން ތިން މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

1319 އެކްޓިވް ކޭސް ހިމެނޭއިރު، 15 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންދަނީ ފަރުވާ ދެމުންނެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް 85،348 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، 83،748 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި 232 މީހުން މި ބަލީގައި ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މާބޮޑުވަރު ނުވެ ވަކި ވަރެއްގައި ހިފެހެއްޓިފައި ހުންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ. ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.


Advertisement
- ކޮމެންޓް
8 އޮކްޓޯބަރ 2021 | ހުކުރު 09:59
ހެއްރަބެ
ތިޔަ ކުޅޭ ޓެސްޓް ޑްރާމާ ހުއްޓާލީމަ ހުރިހާކަމެއް ނިމޭނެ!!!! ޓެސްޓް ޑްރާމާ ކުރިޔަށް ގެންދާހާ ހިނދަކުު ކޮވިޑް ވެސް ދާނީ ހަމަ ކުރިއަށް!!!