ކ. މާލެ
|
7 އޮކްޓޯބަރ 2021 | ބުރާސްފަތި 15:44
އދގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު،
އދގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު،
ރައީސް އޮފީސް
އދ. އާންމު މަޖިލީހުގެ ރައީސްގެ އޮފީސް
އދ. އާންމު މަޖިލީހުގެ ރައީސްގެ އޮފީހުގައި 42 މުވައްޒަފުން: ޝާހިދު
 
ސީނިއަރ ކެބިނެޓުގައި އަންހެން މުވައްޒަފުން ގިނަވާނެ
 
32 މުވައްޒަފުންނަކީ އެކިއެކި ގައުމުތަކަށް ނިސްބަތްވާ މުވައްޒަފުން

އދ. އާންމު މަޖިލީހުގެ ރައީސްގެ އޮފީހުގައި 42 މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށް 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ޝާހިދު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ 42 މުވައްޒަފުންނާއެކު ކަމަށެވެ. އޭގެ ތެރެއިން 32 މުވައްޒަފުންނަކީ އެކިއެކި ގައުމުތަކަށް ނިސްބަތްވާ މުވައްޒަފުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އޮފީހުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ވަރަށް ރޭވުންތެރިކަމާއެކު ކަމަށެވެ. އެގޮތުން 50 އިންސައްތަ ހިއްސާކުރަނީ އަންހެން މުވައްޒަފުން ކަމަށް ޝާހިދު ވިދާޅުވިއެވެ. ސީނިއަރ ކެބިނެޓަށް އިޝާރާތް ކުރައްވައި ވެސް ވިދާޅުވީ އަންހެން މުވައްޒަފުން ގިނަވާނެ ކަމަށެވެ.

އަޅުގަނޑު ވައުދުވެފައި އޮންނާނެ އަޅުގަނޑާއެކު މަސައްކަތް ކުރައްވާ ހުރިހާ މުއައްޒަފުންގެ ތެރޭގައި މިންތީގެ ހަމަހަމަކަން ގެންގުޅޭ ނަމޭ. ދެން އަޅުގަނޑާއެކު އުފަލާއެކު ފާހަގަކުރަން އަޅުގަނޑު އޮފީހުގެ މުވައްޒަފުން މިހާރު 50 އިންސައްތައަށްވުރެ ގިނައީ އަންހެން ބޭފުޅުން. އެހެންވީމަ އެކަން އަޅުގަނޑަށް ހާސިލްކުރެވުނު. އަދި އަޅުގަނޑުގެ ސީނިއަރ ކެބިނެޓްގައި އަންހެން ބޭފުޅުން ގިނަވާނެ. ހަމައެއާއެކު އަޅުގަނޑުގެ 42 މުވައްޒަފުންގެ ތެރެއިން 32 ބޭފުޅުން އެހެނިހެން ގައުމުތަކަށް ނިސްބަތްވޭ. ދުނިޔޭގެ ތަފާތު ގައުމުތަކުގެ ބޭފުޅުންނާއެކު މަސައްކަތް ކުރަން ޖެހެނީ އަޅުގަނޑުގެ އޮފީހުގައި. އެކި ބަހުން ވާހަކަ ދައްކާ، އެކި ބަސްބަހުން ވާހަކަ ދައްކާ އެކި ސަގާފަތްތަކުގެ އެކި ކަންކަމުގެ ވިސްނުން ހުރި އެހުރިހާ ކަމެއް އެއްކޮށްގެން މަސައްކަތް ކުރަން ޖެހެނީ، އެއީ އދ. އަކީ.
އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ އާއިލާއާއި ގާތް އެކުވެރިންނާ ދުރުގައި މަސައްކަތް ކުރުމަކީ އުނދަގޫ ކަމެއް ކަަމަށެވެ. އަދި ރާއްޖޭގެ ހިތްގައިމު މާހައުލާއި، ހުރިހާ ކަމެއްގެ މަތިން ހަނދާންވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
33%
0%
0%
0%
67%
0%
ކޮމެންޓް