ކ. މާލެ
|
7 އޮކްޓޯބަރ 2021 | ބުރާސްފަތި 13:09
އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެޓީވީއަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ދެންނެވި،
އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެޓީވީއަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ދެންނެވި،
ރާއްޖެއެމްވީ
ޑިމޮކްރަސީގެ ދަތުރު
ޑިމޮކްރަސީގެ ދަތުރުގެ ކަޅު ދުވަސްތަކުގައި ހިތްވަރާއެކު އަޑު އުފުލީ ރާއްޖެޓީވީ: ޝާހިދު
 
ޑިމޮކްރަސީގެ ރޭހުގައި ރާއްޖެއަށް ލިބިފައިވާ ކުރިއެރުވުމުގައި ރާއްޖެޓީވީގެ ދައުރު ބޮޑު
 
ރާއްޖެޓީވީއަށް ޒިޔާރަތް ކޮށްލުމަށް ފުރުސަތު ލިބުމުން ވަރަށް އުފާކުރަން

ރާއްޖޭގެ ޑިމޮކްރަސީގެ ދަތުރުގެ އެންމެ ދަތި އަދި ކަޅު ދުވަސްތަކުގައި ހިތްވަރާއެކު އަޑު އުފުލީ ރާއްޖެޓީވީ ކަމަށް އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ޝާހިދު ވިދާޅުވީ ރާއްޖެޓީވީގެ ދައުވަތު ގަބޫލުކޮށް ގައުމީ ދުވަހު ރާއްޖެޓީވީއަށް ޒިޔާރަތް ކޮށްލުމަށް ފުރުސަތު ލިބުމުން ވަރަށް އުފާކުރާ ކަމަށެވެ.

ޑިމޮކްރަސީގެ ރޭހުގައި ރާއްޖެއަށް ލިބިފައިވާ ކުރިއެރުމުގައި ރާއްޖެޓީވީގެ ދައުރު ބޮޑު ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެންމެ ދަތި އަދި އެންމެ ކަޅު ދުވަސްވަރުގައި ހިތްވަރާއެކު ރައްޔިތުންގެ އަޑު އުފުލުމުގައި ޖެހެލުމެއް ނެތި މަސައްކަތް ކުރީ ރާއްޖެޓީވީން ކަމަށެވެ.

އަޅުގަނޑުމެން މިއަދު އާދެވިފައި ހުރި ހިސާބުން ރާއްޖޭގެ ޑިމޮކްރަސީގެ ދަތުރުގައި ރާއްޖެޓީވީ ކުޅެފައިވާ ދައުރު ވަރަށް މުހިންމު. އެހެންވީމަ ގައުމީ ދުވަހެއްގައި މިކަހަލަ ދައުވަތެއް ގަބޫލުކޮށް ޕްރޮގްރާމްގައި ބައިވެރިވާން އައުން ރާއްޖެޓީވީއަށް ޒިޔާރަތް ކޮށްލުން އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޑިމޮކްރަސީއަށް މިކުރި ދަތުރުގައި އެންމެ ދަތި އެންމެ ކަޅު ދުވަސްވަރުގައި ހިތްވަރާއެކު ރައްޔިތުންގެ އަޑު އުފުލުމުގައި، ޑިމޮކްރަސީގެ އަޑު އުފުލުމުގައި އެއްވެސް ކަހަލަ ޖެހިލުމެއް ނެތި އެމަސައްކަތް ކުރެއްވި ޓީވީ ސްޓޭޝަނެއް ރާއްޖެޓީވީއަކީ. އެހެންވީމަ މިއަދުގެ މުނާސަބަތުގައި ގައުމިއްޔަތުގެ ދިރުން އައުކޮށް ވާހަކަދައްކައި ރޫހު އާލާ ކުރާ ދުވަހެއް ކަމުގައިވާތީ ރާއްޖެޓީވީގެ ވެރިންނާއި، ހިތްވަރުގަދަ ޖަރނަލިސްޓުންނާއި ހުރިހާ މުވައްޒަފުންނަށް ޚާއްސަ ޝުކުރެއް ދަންނަވަން.
އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު

ނިމިދިޔަ ސަރުކާރުގައި ރާއްޖެޓީވީއަށް އެކި ގޮތްގޮތުން ގޮންޖެހުންތައް ކުރިމަތިވަމުން ދިޔަ ނަމަވެސް، ރާއްޖެޓީވީން ގެންދިޔައީ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެޓީވީއަށް އަމާޒުކޮށް ޓެރަރިޒަމްގެ ބޮޑެތި އަމަލުތަކެއް ހިންގައި، ސްޓޭޝަންގެ ނޫސްވެރިންނަށް އެކި ގޮތްގޮތުން އަނިޔާއާއި ފިއްތުންތައް ކުރިމަތި ކުރުވަމުން ގެންދިޔައިރުވެސް، ސްޓޭޝަންގެ ޓްރާންސްމިޝަން މެދުކެނޑުމެއް ނެތި ވަނީ ގެނެސްދީފައެވެ.

ރައްޔިތުންނަށް ތެދު ޚަބަރު ފޯރުކޮށްދިނުމަށް ކުރަމުން ދިޔަ މަސައްކަތުގައި އެތައް ޖޫރިމަނާއަކާއި ގެއްލުންތަކެއް ވެސް ސްޓޭޝަނަށް ލިބިފައިވީނަމަވެސް، މިއަދާ ހަމައަށް ވެސް އެކަންކަމަށް އިންސާފު ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް، ރައީސް ސޯލިހުގެ ސަރުކާރު އައުމަށްފަހު، ނޫސްވެރިންނަށް މިނިވަން ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ނޫސްވެރިކަމުގެ މިނިވަންކަމުގައި ވެސް މިއަދު ރާއްޖެ ވަނީ ނިސްބަތުން އެތައް ގުނައަކަށް ކުރިއަށް ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް