ކ. މާލެ
|
7 އޮކްޓޯބަރ 2021 | ބުރާސްފަތި 14:44
ފަށާއިރު ޕްރޮގްރާމްގެ ތެރެއިން،
ފަށާއިރު ޕްރޮގްރާމްގެ ތެރެއިން،
ރާއްޖެއެމްވީ
އދ. މެމްބަރަކަށް ރާއްޖެވިތާ 56 އަހަރު
އިއްތިފާގުން ވިޔަސް 21 ސެޕްޓެންބަރު ރާއްޖެއަށް ޚާއްސަ!
 
56 އަހަރު ފުރުނު ދުވަހު ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ހުންނެވީ އދ. މަޖިލީހުގައި ތަގުރީރު ކުރައްވަން
 
1965 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހު އދ. މަޖިލީހުގައި ރާއްޖޭގެ ދިދަ ވިހުރުވާލި
 
އިއްތިފާގުން ވަރަށް ގިނަކަންކަން ދިމާވެފައިވޭ

ރިޔާސަތުގައި ދިވެއްސަކު އިން ދުވަހާއި އދ. އާންމު މަޖިލީހުގެ މެމްބަރަކަށް ރާއްޖެވިތާ 56 އަހަރު ފުރުނު ދުވަސް އެއް ދުވަހަކަށް ވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ޕްރޮގްރާމްގެ ހޯސްޓް އަދި ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ވަނީ އިއްތިފާގުން ދިމާވާ ކަންތައްތަކެއް އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދުއާ ހިއްސާކުރައްވާފައެވެ. އެގޮތުން 2017 އަދި 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ޝާހިދު ބައިވެރިވެވަޑައިގެންނެވިކަން އާމިރު ފާހަގަކުރެއްވިއެވެ.

އެކަމާ ގުޅިގެން ޝާހިދު ވިދާޅުވީ އެއްވެސް ގޮތަކަށް އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އިއްތިފާގުން ވަރަށް ގިނަ ކަންކަން ދިމާވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ 1965 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހު އދ. މަޖިލީހުގައި ރާއްޖޭގެ ދިދަ ވިހުރުވާލި ކަމަށެވެ. އޭގެ 56 އަހަރު ފުރުނު ދުވަހު ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ހުންނެވީ އދ. މަޖިލީހުގައި ތަގުރީރު ކުރައްވަން ކަމަށާއި، ރިޔާސަތުގައި ހުންނެވީ ވެސް ދިވެއްސެއް ކަމަށެވެ. އަދި ދެ ބޭފުޅުން ވާހަކަ ދެއްކެވީ ދިވެހި ބަހުންކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން ދިވެހިރާއްޖޭގެ އެންމެ މަތީގެ ވެރިޔާ އދ. މަޖިލީހުގައި ތަގުރީރު ކުރެއްވި ދުވަސް. އދ. މަޖިލީހުގެ ރިޔާސަތުގައި ދިވެއްސަކު އިން ދުވަސް 21 ސެޕްޓެންބަރު 2021 މިދިމާވީ ހަމަ ބަރާބަރު ދިވެހި ރާއްޖެ އދ. މަޖިލީހުގައި މެމްބަރަކަށްވީތާ 56 އަހަރު ފުރުނު ދުވަސް. އިއްތިފާގެއް ނޫންތޯ . އެހެންވީމަ 1965 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހު އދ. މަޖިލީހުގައި ރާއްޖޭގެ ދިދަ ވިހުރުވާލީ އޭގެ 56 އަހަރު ފުރުނު ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ހުންނެވީ އދ. މަޖިލީހުގައި ތަގުރީރު ކުރައްވަން. ރިޔާސަތުގައި ދިވެއްސެއް. ދެބޭފުޅުން ވެސް ވާހަކަ ދެއްކެވީ ދިވެހި ބަހުން
އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު ހޮވިވަޑައިގަތީ މި އަހަރުގެ ޖޫން މަހުގައެވެ. އާއްމު މަޖިލީހުގެ ރިޔާސަތާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ އިންތިޚާބު, ޝާހިދު ކާމިޔާބު ކުރައްވާފައިވަނީ 143 ވޯޓުންނެވެ. މެންބަރު 193 ގައުމުން ބައިވެރިވި މި ވޯޓުގައި ރައީސަކު ހޮވާފައި މިވަނީ ސިއްރު ވޯޓަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް