ކ. މާލެ
|
7 އޮކްޓޯބަރ 2021 | ބުރާސްފަތި 09:45
ފަށާއިރުގެ ޝޯވ ގައި ޝާހިދު ވާހަކަފުޅު ދައްކަވަނީ
ފަށާއިރުގެ ޝޯވ ގައި ޝާހިދު ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ދުނިޔޭގެ ގައުމުތަކުން ރާއްޖެ ބަލައިގަތުން
މިއަދު ދިވެހިންނަކީ ބޮނދާ ތިބި ބައެއް ނޫންކަން ދުނިޔޭގެ ގައުމުތަކުން ގަބޫލުކުރޭ: ޝާހިދު
 
ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިންނަށް އިހުތިރާމް ލިބިފައިވޭ
 
ދުނިޔޭގެ ހުރިހާ ހިސާބެއްގެ ވެރިންނަށް ރައީސްއަށް މިއަދު ގުޅުއްވޭނެ
 
ދުނިޔޭގެ ގައުމުތަކާ ވަރަށް ބޮޑަށް ވަނީ ގުޅުން ބަދަހިވެފައި

މިއަދު ދިވެހިންނަކީ އަނގައިން ބުނަން ނުކެރި، ބޮނދާ ތިބި ބައެއް ނޫންކަން ދުނިޔޭގެ ގައުމުތަކުން ގަބޫލުކުރާ ކަމަށް އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ޝާހިދު ވިދާޅުވީ ބައިނަލްއަގުވާމީ ގައުމުތަކާ ގުޅުން ބަދަހިކުރުމުގެ ނަތީޖާއެއް ގޮތުން ރާއްޖެއަށް ވަރަށް ގިނަ ފައިދާތައް ލިބިގެންދާ ކަމަށެވެ. ގުޅުންތައް ބަދަހިވެފައިވާ މިންވަރުން މިއަދު ދުނިޔޭގެ ހުރިހާ ހިސާބެއްގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާއަށް ގުޅުއްވޭނެ ކަމަށާއި، މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިއަދު ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިންނަށް އިހުތިރާމް ލިބިފައިވާ ކަމަށެވެ. އަދި ދިވެހިންނަކީ ފަޚުރުވެރި ތަހުޒީބީ މިނިވަންކަމާއެކު ހަމަ އިސްކޮޅަށް ތެދުވެ ހިންދެމިލައިގެން ތިބި ބައެއް ކަމަށް ދުނިޔެއިން ގަބޫލުކުރާ ކަމަށެވެ.

ދުނިޔޭގެ ހުރިހާ ގައުމަކަށް ދިވެހިރާއްޖޭގެ ޒައާމަތު ލީޑަރ ޝިޕް ބައިނަލްއަގުވާމީ ދާއިރާގައި ބަލައިގަތީ. އަޅުގަނޑުމެންނަށް މިހާރު ދިވެހިރާއްޖޭގެ ގުޅުންތައް ވަރުގަދަވެފައިވާ މިންވަރުން ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުންނެވި ކޮންމެ ބޭފުޅަކަށް ވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ގުޅުއްވޭނެ. ހައްލު ހޯއްދެވޭނެ. މަސައްކަތްތައް ކުރެއްވޭނެ އަދި އިހުތިރާމް ލިބިފައި ވަނީ ދިވެހިންނަށް. ދުނިޔޭގެ ގައުމުތަކުގެ މީހުންގެ ގަބޫލުކުރޭ ދިވެހިންނަކީ ފަހުރުވެރި ތަހުޒީބީ މިނިވަންކަމާއެކު ހަމަ އިސްކޮޅަށް ތެދުވެ ހިންދެމިލައިގެން ތިބި ބައެއް ކަމަށް. ބިރުން ފިލާ މީހުންނާއި އަނގައިން ބުނަން ނުކުރި، ބޮނދާ ތިބި ބައެއް ނޫންކަން. ކުޑަ ފައިދާއެއް ނޫން އެއީ
އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު

ރާއްޖެއަށް ދުނިޔޭގެ ގައުމުތަކުގެ އެހީތެރިކަން ލިބޭކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަކީ ގައުމުގެ ހާރިޖީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުން ކަމަށެވެ. ރާއްޖެއަށް ގެއްލުން ލިބޭނެ މޭރުމަކުން އިދިކޮޅު ފަރާތްތަކުގެ ވާހަކަތައް ދައްކަނީ ދައްކާނެ އިތުރު ވާހަކައެއް ނެތުމުންކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިއީ މާލީ އިނާޔަތެއް ލިބޭ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
50%
0%
0%
0%
50%
0%
ކޮމެންޓް