ކ. މާލެ
|
6 އޮކްޓޯބަރ 2021 | ބުދަ 22:57
މާލޭގެ މަޖީދީ މަގު
މާލޭގެ މަޖީދީ މަގު
ރާއްޖެއެމްވީ
ކޮވިޑް-19ގެ އަޕްޑޭޓް
ކޮވިޑް-19ށް އިތުރު 80 މީހުން ޕޮޒިޓިވްވެ، 126 މީހުން ބަލިން ރަނގަޅުވެއްޖެ
1333 އެކްޓިވް ކޭސް ހިމެނޭއިރު، 17 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން
މިހާތަނަށް 85،278 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވޭ
3761 ސާމްޕަލެއް ނަގާފައިވޭ

ކޮވިޑް-19ށް އިތުރު 80 މީހުން ޕޮޒިޓިވްވެ، 126 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ން ބުދަ ދުވަހުގެ އިރުއޮއްސި 6:00ށް 3761 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން 80 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ މާލެ ސަރަހައްދުން 20 މީހުންނާއި، އަތޮޅުތެރެއިން 55 މީހުންނެވެ. އަދި ހިންގަމުންދާ ރިސޯޓުތަކުން ފަސް މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

1333 އެކްޓިވް ކޭސް ހިމެނޭއިރު، 17 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންދަނީ ފަރުވާ ދެމުންނެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް 85،278 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، 83،700 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި 232 މީހުން މި ބަލީގައި ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މާބޮޑުވަރު ނުވެ ވަކި ވަރެއްގައި ހިފެހެއްޓިފައި ހުންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ. ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.


Advertisement
- ކޮމެންޓް