ކ. މާލެ
|
23 މެއި 2017 | އަންގާރަ 16:33
ކުރީގެ ރައީސް ޖަމޭހް
ކުރީގެ ރައީސް ޖަމޭހް
ގޫގުލް
ގެމްބިއާ
ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު
ރައީސް ޖަމޭހް ވެރިކަމުން ފައިބައިވަޑައިގަންނަވަން ދެކޮޅު ހެއްދެވި

ގެމްބިއާގެ ކުރީގެ ރައީސް ޔަހްޔާ ޖަމޭހް ދައުލަތުން މަދުވެގެން 50 މިލިއަން ޑޮލަރު ދައުލަތުން ވަގަށް ނަގާފައިވާ ކަމަށް ގެމްބިއާގެ ޖަސްޓިސް މިނިސްޓަރު ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

މިއީ މިހާތަނަށް ކުރީގެ ރައީސް ޖަމޭހް ދައުލަތުން "ވަގަށް ނަގާފައިވާ އަދަދެއް" ގެމްބިއާގެ މިހާރުގެ ސަރުކާރުން ހާމަ ކުރި ފުރަތަމަ ފަހަރެވެ.

ގެމްބިއާގައި 22 އަހަރު ވެރިކަން ކުރެއްވުމަށް ފަހު މިދިޔަ ޖެނުއަރީން ފެށިގެން ރައީސް ޖަމޭހް ހުންނެވީ އިކުވެޓޯރިއަލް ގިނީއަށް އަރުވާލެއްވިގެންނެވެ.

ގެމްބިއާގެ ޖަސްޓިސް މިނިސްޓަރު އަބޫބަކުރު ޓަމްބަޑޯ ވިދާޅުވީ، 2013 އާއި 2017 އާ ދެމެދު، ސީދާ ޖަމޭހް ވިދާޅުވެގެން ނުހައްގުން ގެމްބިއާގެ ސެންޓްރަލް ބޭންކް އިން މަދުވެގެން 50 މިލިއަން ޑޮަލަރު ނަގާފައިވާ ކަމަށާއި، އެއަށްފަހު އެފައިސާ ދައުލަތުގެ މައި މުވާސަލާތާ ބެހޭ ކުންފުނި ކަމަށްވާ "ގެމްޓެލް" ގެ ބޭނުމަކަށް ނަގާފައިވާ ފައިސާ ކަމަށް ހަދާފައިވާ ކަމަށެވެ. 

ގެމްބިއާގެ ޖަސްޓިސް މިނިސްޓަރު އަބޫބަކުރު ޓަމްބަޑޯ އިތުރަށް ވިދާޅުވީ، ރައީސް ޖަމޭހް އަށް ނިސްބަތްވާ ހުރިހާ މުދާ ފްރީޒް ކުރުމަށް ނޫނީ ހިފެހެއްޓުމަށް، ސަރުކާރުން މިހާރު ކޯޓު އޯޑަރެއް ހޯދައިފައިވާ ކަމަށެވެ.

މިދިޔަ އަހަރު ގެމްބިއާގައި ބޭއްވި ރިޔާސީ އިންތިޚާބު ޖަމޭހް އަށް ނާކާމިޔާބުވެވަޑައިގެންފައިވާއިރު، ވެރިކަމުން ފައިބާ ވަޑައިގަތުމަށް ޖަމޭހް ދެކޮޅު ހެއްދެވިއެވެ. އެހެން ނަަމަވެސް ބަލި ގަބޫލު ކުރައްވާ ވެރިކަމުން ފައިބާވަޑައިގަތީ، ސަރަހައްދުގެ ގައުމުތަކުގެ އަސްކަރީ ބާރު ބޭނުންކޮށްގެން ވެރިކަމުން ދުރުކުރާނެ ކަމުގެ އިންޒާރު ދިނުމުންނެވެ.

 

 

 

- ކޮމެންޓް