Advertisement
ކ. މާލެ
|
4 އޮކްޓޯބަރ 2021 | ހޯމަ 20:47
އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިޚާބު 2021
އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިޚާބު 2021
ރާއްޖެއެމްވީ
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު
އެމްޑީޕީ އިންތިޚާބު: އިނގުރައިދޫ ދާއިރާގެ ހުރިހާ ވޯޓު ފޮއްޓެއް އަލުން ގުނަނީ
ރ. އިނގުރައިދޫ ދާއިރާގެ ބައެއް ވޯޓުފޮށި ގުނި ގޮތާމެދު ހުށަހެޅިފައިވާ ޝަކުވާތައް ބެލުމަށްފަހު، ޝަކުވާ ބަލާ ކޮމިޓީން ނިންމާފައިވަނީ އެދާއިރާގެ ހުރިހާ ވޯޓު ފޮއްޓެއް އަލުން ގުނުމަށް
ކޮވިޑް-19ގެ ހާލަތަށް ބަލައި ތ. ދިޔަމިގިލީގައި ވޯޓުލުން ކުރިއަށް ގެންގޮސްފައި ނުވާތީ، ތ. ގުރައިދޫ ދާއިރާގެ ރަސްމީ ނަތީޖާވެސް ހާމަކޮށްފައިނުވޭ

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ރ. އިނގުރައިދޫ ދާއިރާގެ ހުރިހާ ވޯޓު ފޮއްޓެއް އަލުން ގުނުމަށް ނިންމާފައިވާކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީން ވަނީ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު ކުރިޔަށްގެންދިޔަ އެޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ ހާމަކޮށްފައެވެ. ނަމަވެސް އެޕާޓީން ބުނެފައިވަނީ ރ. އިނގުރައިދޫ ދާއިރާގެ ބައެއް ވޯޓުފޮށި ގުނި ގޮތާމެދު ހުށަހެޅިފައިވާ ޝަކުވާތައް ބެލުމަށްފަހު, ޝަކުވާ ބަލާ ކޮމިޓީން ނިންމާފައިވަނީ އެ ދާއިރާގެ ހުރިހާ ވޯޓު ފޮއްޓެއް އަލުން ގުނުމަށްކަމަށެވެ. އެހެންކަމުން އެދާއިރާގެ ރަސްމީ ނަތީޖާ ހާމަކޮށްފައި ނުވާނެކަމަށް އެމްޑީޕީން ބުނެއެވެ.

Advertisement

މީގެއިތުރުން ކޮވިޑް-19ގެ ހާލަތަށް ބަލައި ތ. ދިޔަމިގިލީގައި ވޯޓުލުން ކުރިއަށް ގެންގޮސްފައި ނުވާތީ، ތ. ގުރައިދޫ ދާއިރާގެ ރަސްމީ ނަތީޖާވެސް ހާމަކޮށްފައިނުވެއެވެ. އެމްޑީޕީން ބުނީ ތ. ގުރައިދޫ ދާއިރާގެ ވަކި މަޤާމަކަށް ހޮވޭ ފަރާތާ، އެ ފަރާތާ ވިދިގެން އެންމެ ގިނަ ވޯޓު ލިބުނު ފަރާތާ ދެމެދު އޮތް ފަރަޤަކީ، ތ. ދިޔަމިގިލީގައި ވޯޓުލީނަމަ، ނަތީޖާއަށް ބަދަލުއަންނާނެ ފަރަޤެއް ކަމުގައި ވާނަމަ، ތ. ދިޔަމިގިލީގައި އޮތް ކޮވިޑްގެ ޙާލަތު ފިލުމުން، އެ ރަށުގައި (އަދި މާލޭ-ދިޔަމިގިލި މެންބަރުންގެ) ވޯޓު ނެގުން، ފަހުގެ ތާރީޚުގައި އޮންނާނެކަމަށެވެ. މި ގޮތުން، ތ. ގުރައިދޫ ދާއިރާގެ ގުރައިދޫއާއި ގާދިއްފުއްޓާއި، އަދި އެ ދާއިރާގެ މާލޭ ފޮށީގެ ޖުމްލަ ނަތީޖާއަށް ބަލާއިރު، ތ. ދިޔަމިގިލީގައި 25 ސެޕްޓެމްބަރގައި ވޯޓުލީނަމަ، އާޚިރު ނަތީޖާއަށް ބަދަލުއަންނާނެ ވަރަށް، ދެ ކެންޑިޑޭޓުންގެ ދެމެދުގައި ހުރި ފަރަޤު، ހަނިވެފައިވާތީ، ފަހުގެ ތާރީޚެއްގައި، ވޯޓު ނެގުން އޮންނާނެކަމަށެވެ.

އެމްޑީޕީން ބުނީ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު ކުރިޔަށްދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލާން ނިކުމެފައިވަނީ 47،100 މީހުންކަމަށެވެ. މި އިންތިޚާބުގައި 93,612 މެމްބަރުންނަށް ވޯޓުލެވެއެވެ. ވޯޓުލާން 47،100 މީހުން ނިކުމެފައިވާއިރު މިއީ ވޯޓުލާން ޖެހޭ މީހުންގެ ތެރެއިން 50.31 އިންސައްތަ މީހުންނެވެ. މިއިންތިޚާބުގައި 733 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް