ކ. މާލެ
|
23 މެއި 2017 | އަންގާރަ 15:08
 އާރިއާނާ ގްރާންޑޭގެ "ޑޭންޖަރަސް ވުމަން ޓުއަރ"ގެ މެންޗެސްޓަރގައި ދެމުންދިޔަ ޝޯވގައި ބޮން ގޮއްވާފައިވަނީ ހޯމަ ދުވަހުގެ ރޭ
އާރިއާނާ ގްރާންޑޭގެ "ޑޭންޖަރަސް ވުމަން ޓުއަރ"ގެ މެންޗެސްޓަރގައި ދެމުންދިޔަ ޝޯވގައި ބޮން ގޮއްވާފައިވަނީ ހޯމަ ދުވަހުގެ ރޭ
ގެޓީ އިމޭޖަސް
އަރިއާނާ ގްރާންޑޭ
މެންޗެސްޓަރ އެރީނާ އަށް ދިން ހަމަލާއާ ގުޅިގެން "ހިތުގައި ޖެހިއްޖެ" ކަމަށް އާރިއާނާ ބުނެފި
އާރިއާނާ ގްރާންޑޭގެ "ޑޭންޖަރަސް ވުމަން ޓުއަރ"ގެ މެންޗެސްޓަރގައި ދެމުންދިޔަ ޝޯވގައި ބޮން ގޮއްވާފައިވަނީ ހޯމަ ދުވަހުގެ ރޭ
މި ހަމަލާގައި 19 މީހުން މަރުވެ، 50 އަށް ވުރެ ގިނަ މީހުންނަށް އަނިޔާ ލިބިފައިވޭ
ޑިޒްނީން މަޝްހޫރުވި އާރިއާނާގެ ވަރަށް ޅަ ފޭނުން ތިބޭކަން ފާހަގަކުރެވޭ

އެމެރިކާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ، އާރިއާނާ ގްރާންޑޭގެ "ޑޭންޖަރަސް ވުމަން ޓުއަރ"ގެ ތެރެއިން މެންޗެސްޓަރގައި ދެމުންދިޔަ ޝޯވއެއްގައި ބޮމެއް ގޮއްވާލުމާ ގުޅިގެން ހިތްހަލާކުވެއްޖެ ކަމަށް އޭނާ ބުނެފިއެވެ.

ހޯމަ ދުވަހުގެ ރޭ އިނގިރޭސިވިލާތިގެ މެންޗެސްޓަރ އެރީނާގައި އާރިއާނާ ޕަރފޯމް ކުރަމުންދަނިކޮށް ދިން މި ހަމަލާގައި 19 މީހުން މަރުވެ، 50 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައި ވެއެވެ. މި ހަމަލާ ދިން ވަގުތު 21،000 މީހުންނަށް ވަދެވޭ މެންޗެސްޓަރ އެރީނާ އޮތީ ފުރިފައެވެ.

މި ހަމަލާގައި އާރިއާނާއަށް އަނިޔާއެއް ވެފައެއް ނުވާއިރު، އެކަމާ ގުޅިގެން "ހިތުގައި ޖެހިއްޖެ"ކަމަށް އޭނާ ބުނެފައި ވެއެވެ.

"ހިތުގައި ޖެހިއްޖެ. އަހަރެން ހިތުގެ އެންމެ އަޑިން، އިންތިހާއަށް މައާފަށް އެދެން. ނޭނގުނު ބުނާނެ އެއްޗެސް ވެސް"، އާރިއާނާގެ ޓްވީޓްގައި ބުނެފައި ވެއެވެ.

 

ހަމަލާގައި 19 މީހުން މަރުވެފައިވާކަން މެންޗެސްޓަރގެ ފުލުހުން ހާމަކޮށްފައިވާއިރު، ނޯތުވެސްޓް އެމްބިއުލަންސް ސަރވިސުން ބުނި ގޮތުގައި 59 މީހުން ވަނީ އިތުރު ފަރުވާއަށް އެކި ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ. އަދި ގިނަ ފަރާތްތަކަށް އެރީނާ ކައިރިން ފަރުވާ ދެވިފައިވާ ކަމަށް ވެސް އެމީހުން ބުންޏެވެ.

އިނގިރޭސިވިލާތުގެ ގަޑިން 10:30 ހާއިރު ހިނގި މި ހާދިސާއަށް ފަހު ގިނަ ފުލުހުންނާއި، ބޮމްބް ޑިސްޕޯސަލް ޔުނިޓްތަކާއި 60 އެމްބިއުލަންސް އެ ސަރަހައްދުގައި ހަރަކާތްތެރި ވެފައިވެއެވެ.

އިނގިރޭސި އޮފިޝަލުންނަށް ހަވާލާދީ އެމެރިކާއިން ބުނީ، ހަމަލާ ދިންކަމަށް ބެލެވޭ ފިރިހެނަކު އައިޑެންޓިފައި ކުރެވިފައި ވާކަމަށެވެ.

ރޭގެ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގްރޭޓަރ މެންޗެސްޓަރ ޕޮލިސް ޗީފް ކޮންސްޓަބްލް އިއަން ހޮޕްކިންސް ވަނީ މި މައްސަލަ ޓެރަރިސްޓް ހަމަލާއެއް ގޮތަށް ބަލަމުންދާ ކަމަށް ޔަގީންކޮށްދެއްވާފައެވެ.

ހަމަލާ ދިން ވަގުތު އެތަނުގައި ތިބި ބައެއް ފަރާތްތަކުން ބުނީ ބޮން ގޮއްވާފައިވަނީ އާރިއާނާ ފަހު ލަވަ ނިންމާލާ "ޝުކުރިއްޔާ މެންޗެސްޓަރ"އޭ ބުނެ ސްޓޭޖުން ފޭބި ވަގުތެވެ. މެންޗެސްޓަރ އެރީނާއިން ބުނި ގޮތުގައި ބޮން ގޮއްވާފައިވަނީ ޝޯވ ބަލަން ދިޔަ މީހުން ނިކުންނަނިކޮށް، އެރީނާގެ ބޭރުންނެވެ.

- ކޮމެންޓް