ކ. މާލެ
|
4 އޮކްޓޯބަރ 2021 | ހޯމަ 19:47
އުއްތަމަ ފަނޑިޔާރު އަޙުމަދު މުޢުތަޞިމު ޢަދުނާނު
އުއްތަމަ ފަނޑިޔާރު އަޙުމަދު މުޢުތަޞިމު ޢަދުނާނު
ރައީސް އޮފީސް
އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަނުން
އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަތް މީހާގެ ބަންދަށް 7 ދުވަސް
 
ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ އެމީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހެއްކަމަށް
 
އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް

އުއްތަމަ ފަނޑިޔާރު އަޙުމަދު މުޢުތަޞިމު ޢަދުނާނު ދިރިއުޅުއްވާ ގެކޮޅަށް ވަތް މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެމީހާގެ ބަންދަށް 7 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިމިވަނީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.

އެ ގެކޮޅަށް މީހަކު ވަދެފައިވަނީ އެގޭގެ ސީސީޓީވީ ކެމެރާތައް ހަލާކުކޮށްލައި، ސެކިޔުރިޓީ ފޫއަޅުވާލައިގެންކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެވަގުތު އުއްތަމަ ފަނޑިޔާރު ގެކޮޅުގައި ނޫޅުއްވާކަމަށް މައުލޫމާތު ލިބެއެވެ.

އެމީހާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ އެއީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހެއްކަމަށެވެ.

އުއްތަމަފަނޑިޔާރު މިހާރު ދިރިއުޅުއްވަމުން ގެންދަވާ އެމަނިކުފާނުގެ އާއިލީ ގެ ފަޅާލައި، ބަޔަކު ވަދެފައިވާއިރު، އުއްތަމަފަނޑިޔާރަށް ޚާއްސަ ރަސްމީ ގެެކޮޅެއް ހަމަޖެހެންދެން އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ ދިރިއުޅުއްވަން ވަގުތީ ގެކޮޅެއް މިހާރު ވަނީ ހަމަޖައްސަވާފައެވެ. އެއީ ރެހެންދި ފްލެޓުގެ އެޕާޓްމެންޓެކެވެ. މިތަނުގެ ސަލާމަތީ ކަންކަންވެސް ވަރުގަދަވާނެ ކަމަށް ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވެއެވެ. އުއްތަމަފަނޑިޔާރަށް ޚާއްސަ ވަގުތީ ގެކޮޅެއް ހަމަޖައްސާފައިވީނަމަވެސް އެމަނިކުފާނު އަދިވެސް އެ ގެކޮޅަށް ބަދަލުވެވަޑައިގެންފައެއް ނުވެއެވެ.

އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ގެކޮޅުގެ މަސައްކަތް ކުރިޔަށް އޮތް ދެހަފުތާ ތެރޭގައި ނިންމާލެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އުއްތަމަ ފަނޑިޔާރަށް ޚާއްސަކޮށް ރަސްމީ ގެކޮޅު އިމާރާތްކުރަމުންދަނީ ކުރީގެ ސްކައުޓް އެސޯސިއޭޝަން ހިންގަމުން އައި އިމާރާތުގައެވެ.

ދެ ބާރުގެ ވެރިންކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސަވައިދެއްވާފައި ވަނީ ފަނޑިޔާރުންގެ ގާނޫނާއި، މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނެސްގެންނެވެ. މި އިސްލާހުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ހަމަޖައްސަވާ ރަސްމީ ގެކޮޅަށް ބޭނުންވާ މުވައްޒަފުންނާއި ތަނުގެ ޚަރަދު ވެސް ބަލަހައްޓަން ޖެހޭނީ ދައުލަތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހަކު ހައްޔަރުކޮށްފި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި