ކ. މާލެ
|
4 އޮކްޓޯބަރ 2021 | ހޯމަ 13:20
ހުޅުމާލެ މެޑިކަލް ފެސިލިޓީ
ހުޅުމާލެ މެޑިކަލް ފެސިލިޓީ
ރާއްޖެއެމްވީ
ކޮވިޑް މަރު
ކޮވިޑުގައި އިތުރު މީހަކު ނިޔާވެއްޖެ
މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 232 ވަނަ މީހާ

ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 02:40 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދިޔަ 54 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ.

މިހާތަނަށް މި ބަލީގައި ރާއްޖެއިން 232 މީހުން ނިޔާވެފައިވާއިރު، މިއީ މި މަހު މިބަލީގައި ނިޔާވި ފުރަތަމަ މީހާއެވެ.

މި ބަލީގައި އެންމެ ފަހުން މީހަކު ނިޔާވެފައިވަނީ ށ. އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ނިޔާވެފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގައެވެ.


Advertisement
- ކޮމެންޓް