Advertisement
ކ. މާލެ
|
4 އޮކްޓޯބަރ 2021 | ހޯމަ 00:20
ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ސިއްހީ މަރުކަޒުގެ ޚިދުމަތް
މަގޫދޫ ސިއްހީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ގޮތް ހަމަޖައްސައިދެއްވުމަށް އެދިއްޖެ
ރަށުގެ ތަރައްގީގެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވޭ
ސްކޫލްގައި ލައިބްރަރީއެއް ގާއިމުކޮށްދިނުމަށް އެދިފައިވޭ
ކައުންސިލުގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންވޭ

ފ. މަގޫދޫ ސިއްހީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ގޮތް ހަމަޖައްސައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ޞާލިޙުގެ އަރިހުން އެދިއްޖެއެވެ.

އާދީއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ ރަށުގެ ތަރައްގީގެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ކައުންސިލަރުން ވަނީ ރައީސްއާ މައުލޫމާތު ހިއްސާކުރައްވާފައެވެ.

އެގޮތުން، ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެތެރޭގައި ރަށުގައި އެއަރޕޯޓެއް އެޅުމާއި، ރަށަކީ ޔުނިވަރސިޓީއެއް ހިންގާ ރަށަކަށްވުމާއެކު ރަށުގެ ސިއްހީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެގޮތް ހެދުމުގެ މުހިންމުކަމާއި، އޭޓީއެމްއެއް އަދި ސްކޫލްގައި ލައިބްރަރީއެއް ގާއިމުކޮށްދިނުމަށް އެދިފައިވެއެވެ. އަދި ފުޓްސަލް ދަނޑުގެ މަސައްކަތާއި، ކައުންސިލްގެ ބަޖެޓްގެ ދަތިކަމާ ގުޅޭ ވާހަކަތައް ހިއްސާކޮށްފައިވެއެވެ.

Advertisement

މި ބައްދަލުކުރެއްވުމުގައި ސަރުކާރުން ދާއިރާގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި ކުރިއެކޭވެސް އެއްގޮތަށް ކައުންސިލުގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވިދާޅުވެފައިވެއެވެ. ރައީސް ވަނީ މަގޫދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައި ހަމަޖެއްސެވެން ހުރި ކަންކަން ހަމަޖައްސަވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން، ޓަރފް ދަނޑުގެ މަސައްކަތާއި ސިއްހީ ޚިދުމަތް ހަރުދަނާކުރުމުގެ މައްސަކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިޔަށް ގެންދަވާނެކަމަށާއި، ރަށުގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ބިން ހިއްކުރުމުގެ މަސައްކަތުގެ ފަހުގެ މަޢުލޫމާތު އެމަނިކުފާނު ވަނީ ކައުންސިލާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު ޙަލީމް ބައިވެރިވެވަޑައިގަތެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް