Advertisement
ކ. މާލެ
|
3 އޮކްޓޯބަރ 2021 | އާދީއްތަ 16:28
ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން
ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން
ސޯޝަލް މީޑިއާ
އިންޑިއަން ހައި ކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު
އިންޑިއަން ހައި ކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ދިން މީހާ ދޫކޮށްލައިފި
އޭނާގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައި
އެމީހާ ދޫކޮށްލީ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބަލާފައި
ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 4 އަހަރާ 6 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހާ ދޫކޮށްލައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ޓްވިޓަރގައި އިންޒާރު ދީފައިވަނީ މއ. ރެސްޓިންގހައުސް، މުޙައްމަދު ޢިނާދުއެވެ. މި އިންޒާރާގުޅިގެން, ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާއި، 4 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި، 4 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާ ހަވާލާދީ، 13 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޓެރަރިޒަމްގެ ޢަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނިކޮށް ޕީޖީ އޮފީހުން ވަނީ އޭނާ ދޫކޮށްލުމަށް ނިންމާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަޙުމަދު ޝަފީޢު ވިދާޅުވީ ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމުގައި ރިއާޔަތްކުރަންޖެހޭ ކަމަށް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، މި މައްސަލާގައި ތުހުމަތުކުރެވޭ މީހާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ވުޖޫދުގައި އޮތްތޯ ބަލާފައިވާކަމަށެވެ.

އެގޮތުން އެމީހާގެ ކުށުގެ ރެކޯޑާއި، މުޖުތަމައުގައި އަދާކުރާ ދައުރަށް ރިޢާޔަތްކޮށް، އަދި، އޭނާ ކުށުގެ ޢަމަލު ހިންގާފައިވަނީ ސޯޝަލް މީޑިއާގެ ވަސީލަތެއް ބޭނުންކޮށްގެން އިންޒާރުދީގެންކަމަށްވެފައި، އިންޒާރުދިން ދިނުން ފިޔަވައި، އޭނާދިން އިންޒާރާ އެއްގޮތަށް އަމަލުކުރުމުގެ އެއްވެސް ނިޔަތެއް ނުވަތަ ވަސީލަތެއް އޮތްކަން ދޭހަވާފަދަ ސަބަބެއް ފާހަގަވެފައި ނުވާކަމަށް ޝަފީޢު ވިދާޅުވިއެވެ.

Advertisement

އެހެންކަމުން ޢިނާދަށް ޝަރުތުކޮށްފައި ބަންދުން ދޫކުރުމަށް ޕީޖީ އޮފީހުން އެދިފައިވާތީ، އޭނާއަށް ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް 30 ސެޕްޓެންބަރު ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައިވާކަމަށް ޝަފީޢު ވިދާޅުވިއެވެ.

މިދަޢުވާ ސާބިތު ވެއްޖެނަމަ އޭނާގެ މައްޗަށް 4 އަހަރާ 6 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ސޯޝަލް މީޑިއާއާއި، އަދި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން, މީހުންނަށް އަނިޔާވެރިވުމަށާއި މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބުދޭ ފަރާތްތަކުން އެކުރަނީ ޖިނާއީ ކުށެއްކަން ފުލުހުން ވަނީ ބުނެފައެެވެ. އަދި، އެފަދަ އަމަލު ހިންގާ މީހުންގެ މައްސަލަ ފުލުހުން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ވެސް ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް