Advertisement
ކ. މާލެ
|
3 އޮކްޓޯބަރ 2021 | އާދީއްތަ 13:00
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ފަރެސްމާތޮޑާ އެއާޕޯޓު
ފަރެސްމާތޮޑާ އެއަރޕޯޓް ރަންވޭގެ ފަށަލަ އަޅަން ބޭނުންވާ ތަކެތި ސައިޓަށް ގެންގޮސްފި
މި މަސައްކަތް ކުރިޔަށް ގެންދަނީ އެމްޓީސީސީއިން
މަޝްރޫޢުގެ ދަށުން 1200 މީޓަރުގެ ރަންވޭއެއް ހަދާނެ
މި މަޝްރޫއު އަކީ 144.88 މިލިއަން ރުފިޔާގެ މަޝްރޫއެއް

ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ފަށަލަ އަޅަން ބޭނުންވާ ތަކެތި ސައިޓަށް ގެންގޮސްފިއެވެ.

ގދ. ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

Advertisement

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން އެއަރޕޯޓް ރަންވޭގެ އޭ.ބީ.ސީ ފަށަލަ ހެދުމަށްޓަކައި ބޭނުންވާ ތަކެތި ވަނީ މިހާރު ސައިޓްއަށް ގެންގޮސްފައި ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެއަރޕޯޓް ފަޔަރ ބިލްޑިންގގެ ސްޓްރަކްޗަރަލް މަސައްކަތްތައް ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްޓީސީސީ - އެމްޓީސީސީ

އެމްޓީސީސީން އިތުރަށް ބުނީ މި މަޝްރޫޢުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި، ސަރވިސް ރޯޑު އިމާރާތް ކުރުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ. ރަންވޭގެ އިތުރަށް ޓާރމިނަލާއި އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުމަށް ވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

އެއަރޕޯޓް ތަރައްގީކުރުމުގެ މި މަޝްރޫއު އަކީ 144.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން 30 މިނެޓުގެ ދަތުރަކުން ދަތުރު ކުރެވޭ ސަރަޙައްދުގައި އެއަރޕޯޓް އެޅުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް