ކ. މާލެ
|
2 އޮކްޓޯބަރ 2021 | ހޮނިހިރު 09:35
އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީ މުބާރާތުގެ ފިިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ސީއެފްއެސް
އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީ މުބާރާތުގެ ފިިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ސީއެފްއެސް
އެމްއެންޔޫއެސްޔޫ
އެމްއެންޔޫއެސްޔޫ ވޮލީބޯޅަ މުބާރާތް
ސީއެފްއެސްއިން ތަށި ދިފާއުކުރިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ބީއެސްއަށް
އެމްއެންޔޫ ބިޒްނަސް ސްކޫލް މޮޅުވީ 3-1 ސެޓުން
ފައިނަލް މެޗުން ސީއެފްއެސް މޮޅުވީ 3-1 ސެޓުން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން ކުރިއަށްގެންދިޔަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީސް (ސީއެފްއެސް) އިން ހޯދިއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެމްއެންޔޫ ބިޒްނަސް ސްކޫލުން ހޯދައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު އަންހެން ޑިވިޝަނުގެ ފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ސްކޫލް އޮފް ނާސިންގ (އެސްއެން) އާ ވާދަކޮށް އެމްއެންޔޫ ބިޒްނަސް ސްކޫލް މޮޅުވީ 3-1 ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25-19 އިން އެމްއެންޔޫ ބިޒްނަސް ސްކޫލުން ކާމިޔާބުކުރިއިރު، ދެވަނަ ސެޓު 16-25 އިން ކާމިޔާބުކުރީ އެސްއެންއެވެ. އެކަމަކު މެޗުގެ ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓު 25-23 އިން ބިޒްނަސް ސްކޫލުން ވަނީ ކާމިޔާބުކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބިޒްނަސް ސްކޫލުގެ ޖާޒީ ނަމްބަރު އަށެއް ފާތިމަތު ސަމްހާއެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހުގެރޭ ކުޅުނު ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗުގައި ސީއެފްއެސްއިން ވަނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްސް އަތުން 3-1 ސެޓުން މޮޅުވެ، ޗެމްޕިއަންކަން ހޯދާފައެވެ. މި މެޗުގެ ސެޓުތައް ސީއެފްއެސްއިން ގެންދިޔައީ 25-10، 22-25، 25-17 އަދި 25-9 އަކުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސީއެފްއެސްގެ ޖާޒީ ނަމްބަރު 12 އަލީ އާރިފެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ބިޒްނަސް ސްކޫލުގެ ފާތިމަތު ސަމްހާއެވެ. އަދި ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ސީއެފްއެސްގެ އަލީ ނިމާލެވެ. އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކޯޗަކަށް ބިޒްނަސް ސްކޫލުގެ ކޯޗު ސޮފްވާން އަޙްމަދު ހޮވުނުއިރު، ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކޯޗަކީ ސީއެފްއެސްގެ ކޯޗު މުޙައްމަދު މިމްރާހެވެ.

އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންއިން ބާއްވާ ދެވަނައަށް އެންމެ ބޮޑު ހަރަކާތެވެ. މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ވޮލީބޯޅައިގެ ގަވާއިދުތަކަށް އަހުލުވެރިކޮށް ވޮލީބޯޅަ ކުޅުމުގެ ފޯރި އިތުރުކުރުން ކަމަށް އެ ޔޫނިއަނުން މައުލޫމާތުދެއެވެ.

- ކޮމެންޓް