ކ. މާލެ
|
1 އޮކްޓޯބަރ 2021 | ހުކުރު 14:56
އޮސްޓްރޭލިއާގެ ވިކްޓޯއިރާއިން ޑެލްޓާ ކޮވިޑް 19 ކޭސް އެއް ފެނުން
އޮސްޓްރޭލިއާގެ ވިކްޓޯއިރާއިން ޑެލްޓާ ކޮވިޑް 19 ކޭސް އެއް ފެނުން
އަލްޖަޒީރާ
އޮސްޓްރޭލިއާ ދަތުރުފަތުރު
18 މަހަށްފަހު އޮސްޓްރޭލިއާއިން ދަތުރުކުރުމުގައި ލުއިތަކެއް
 
އެ ޤައުމު ފަތުރުވެރިންނަށް ހުޅުވާލުމުގައި އަދި ބަލަންޖެހޭ އިތުުރު ކަންކަން އެބަހުރި
 
ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގެ ރައްޔިތުން ވެސް ޤައުމުން ބޭރަށް ދަތުރުކުރުން އޮތީ މަނާކޮށްފައި
 
ބޯޑަރު އަލުން ހުޅުވާލުމަށް ނިންމާފައިވަނީ 18 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށްފަހު، އޮސްޓްރޭލިއާގެ ބޯޑަރު ހުޅުވާލުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން އޮސްޓްރޭލިއާގެ ބޯޑަރު އަލުން ހުޅުވާލުމަށް ނިންމާފައިވަނީ 18 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. އެގޮތުން ނޮވެމްބަރު މަހުން ފެށިގެން އެ ޤައުމުގައި ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ދަތުރު ކުރެވޭނެކަމަށް ރިޕޯޓުތައް ބުނެއެވެ. ކޮވިޑުން ދިފާއުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގެ ރައްޔިތުން ވެސް ޤައުމުން ބޭރަށް ދަތުރުކުރުން އޮތީ މަނާކޮށްފައެވެ.

ބޯޑަރު ހުޅުވާލަން ނިންމެވިކަން އިއުލާނު ކުރައްވައި އެ ޤައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ، މިއީ އޮސްޓްރޭލިއާގެ ރައްޔިތުންނަށް އެމީހުންގެ ދިރިއުޅުން އަލުން ރުޖޫއަކުރަންވީ ވަގުތު ކަމަށެވެ. ނަމަވެސް ދަތުރު ކުރުމަށް ހުޅުވާލާ ޝަރުތުތަކުގެ ތެރޭގައި އެ ސްޓޭޓެއްގެ 80 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައި އޮތުން ވެސް ހިމެނެއެވެ.

އޮސްޓްރޭލިއާގެ ބޯޑަރު އަލުން ހުޅުވާލި ނަމަވެސް، އެ ޤައުމު ފަތުރުވެރިންނަށް ހުޅުވާލުމުގައި އަދި ބަލަންޖެހޭ އިތުުރު ކަންކަން އެބަހުރި ކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް