ކ. މާލެ
|
1 އޮކްޓޯބަރ 2021 | ހުކުރު 10:35
ހޯދަމުންދާ 24 އަހަރުގެ ހަސަން ވަހީދު
ހޯދަމުންދާ 24 އަހަރުގެ ހަސަން ވަހީދު
ޕޮލިސް
މީހަކު ހޯދުން
މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ޒުވާނަކު ހޯދަނީ!
 
އޭނާ ހާޒިރު ކުރަނީ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށާއި، މައުލޫމާތު ސާފުކުރުމަށް
 
ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް މި މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 2:00ށް ހާޒިރުވާން ޖެހޭ
 
ހޯދަމުންދަނީ ތ. ތިމަރަފުށި، މުލިމަތީގެ، 24 އަހަރުގެ ހަސަން ވަހީދު

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ޒުވާނަކު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ތ. ތިމަރަފުށި، މުލިމަތީގެ، 24 އަހަރުގެ ހަސަން ވަހީދު ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް 2021 އޮކްޓޯބަރ 6 ވަނަ ދުވަހުގެ މެންދުރު 2:00ށް ހާޒިރުވާން ޖެހޭ ކަމަށެވެ. އަދި އޭނާ ހާޒިރު ކުރަނީ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށާއި، މައުލޫމާތު ސާފުކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހުޅުމާލޭ އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައިނުވާ ކަމަށެވެ. އަދި އާއިލާއަށް ވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހްގީގަށް ޒުވާނަކު ހޯދަން ބުރާސްފަތި ދުވަހު އިއުލާން ކޮށްފައިވާއިރު، ފަހަކަށް އައިސް މިފަދަ މައްސަލަތަކުގައި ފުލުހުންގެ އިދާރާއަށް މީހުން ހާޒިރުކުރުމަށްޓަކައި ފޮޓޯއާއެކު އެމީހުންގެ މައުލޫމާތު ދަނީ އާއްމުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން