ކ. މާލެ
|
29 ސެޕްޓެންބަރ 2021 | ބުދަ 22:53
އައިސޮލޭޝަނަށް މީހުން ގެންދިއުމުގެ ތެރެއިން
އައިސޮލޭޝަނަށް މީހުން ގެންދިއުމުގެ ތެރެއިން
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އިތުރު 141 މީހުން ޕޮޒިޓިވްވެ، 106 މީހުން ބަލިން ރަނގަޅުވެފައިވޭ: އެޗްޕީއޭ
1601 އެކްޓިވް ކޭސް ހިމެނޭ
19 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދޭ
މިހާތަނަށް 84،720 މީހުން ޕޮޒިޓިވްވެފައިވޭ

ކޮވިޑް-19ށް އިތުރު 141 މީހުން ޕޮޒިޓިވެ، 106 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ން ބުދަ ދުވަހުގެ އިރުއޮއްސި 6:00ށް 4410 ސާމްޕަލް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 141 މީހުން ޕޮޒިޓިވްވެފައިވާ ކަަމަށެވެ. އެއީ މާލެ ސަރަހައްދުން 29 މީހުންނާއި، އަތޮޅުތެރެއިން 108 މީހުން އަދި ރިސޯޓުތަކުން 4 މީހުންނެވެ.

1601 އެކްޓިވް ކޭސް ހިމެނޭއިރު، 19 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް 84،720 މީހުން ޕޮޒިޓިވްވެފައިވާ ކަމަށާއި، 82،875 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. މިހާތަނަށް މިބަލީގައި 231 މީހުން ނިޔާވެފައިވެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން، މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވްވިޓީ ރޭޓް ހުރީ 2 އިންސައްތައިގައެވެ.

ކޮވިޑްގެ 4 ވަނަ ރާޅަށްފަހު ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފައެވެ. ނަމަވެސް އަދިވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަންދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދު ދެމުންނެވެ.


Advertisement
- ކޮމެންޓް